ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 18:43
މާލޭގައި މީގެކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ
މާލޭގައި މީގެކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އަލިފާން ރޯވުން ގެއެއްގައި
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް ގެއްލުން ވެއްޖެ
އަލިފާން ރޯވީ ތިން ވަނަ ފަންގިފިލާގައި
މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައި

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް ގެއްލުން ލިބިއްޖެ އެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ސިތާރާ ގޭގެ ތިންވަނަ ފަންގިފިލާގަ އެވެ. މި ފަންގިފިލާގައި ދިރިއުޅެނީ ބިދޭސީންނެވެ. 

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހަވީރު 15:39 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓިންގ ޓީމް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު ހަވީރު 16:51 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ގެޔަކީ ބިދޭސީންގެ ބަޔަކު ދިރިއުޅޭ ގެއެކެވެ. އެ ގޭގައި އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި އަލިފާނުގެ އަސަރު މި ގޭގެ ދެވަނަ ފަންގިފިލާއަށް ކުރި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. އެ ހާދިސާގައި އަލިފާން ރޯވި ވަގުތު އެ ގޭގެ ދެވަނަ ފަންގިފިލާގައި ވެއްޓިފައި އޮތް މީހަކު އެމްއެންޑީއެފް ފަޔަރ ފައިޓިންގް ޓީމުން ވަނީ ނެރެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ގެޔަށް މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

ސިތާރާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް