ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 16:41
އިލެކްޝަންސް ކޮމިޝަން: ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް (މެދުގައި)
އިލެކްޝަންސް ކޮމިޝަން: ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް (މެދުގައި)
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ބަލައެއް ނުގަތް!
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒެއް ނުކުރި
ވަގުތީ އަމުރަށް އަމަލު ކުރާނީ: އިލެކްޝަންސް
ބައި-އިލެކްޝަންސްތައް ބޭއްވުމަށް އަދި ވަކި ގޮތެއް ނުނިންމަން: އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އެ އަމުރަށް އަމުލު ކުރަން ނުޖެހޭ ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވާހަކަ ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އައްޔަން ކުރެއްވުމަށް ފަހު، އަދި އެކޮމިޝަނުގެ ރައީސަކީ ވެސް ޝަރީފް ކަމަށް އެ ކޮމިޝަނުން ކަނޑައެޅުމަށް ފަހު ބޭއްވި ފުރަތަމަަ ނޫސްވެރިން ބައްދަލުވުމުގައި އެކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ އަމުރުތަކާއި ހުކުމްތަކަށް ތަބާވާނެ ކަމަށެވެ. އެހެން ނަމަވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އިލެކްޝްންސް ކޮމިޝަނުގެ ނިންމުން ބާތިލްކޮށް، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނެރެފައި ވަނިކޮށް، އޭގެފަހުން އަނެއްކާވެސް ސުޕްރީމް ކޯޓުގެ އެހެން އަމުރަކުން އެ ބާރަ މެމްބަރުންނާ މެދު އަމަލު ކުރުން މަޑުޖައްސާލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. 

އެހެންކަމުން އަމަލު ކުރަމުންދާނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ފެބްރުއަރީ 18 ވަނަ ދުވަހު ނެރުނު އަމުރަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައެއް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން ކޯޓުގައި އެއްމައްސަލަ އޮތުމުން އެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާކަމަށެވެ. އަދި ބައި-އިލެކްޝަންތައް ބާއްވާނެ ދުވަހެއް ވެސް ކަނޑައަޅާފައި ނުވާކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަން: ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް (މެދުގައި)

މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ވިދާޅުވަމުންދަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން އެކެއް ފެބްރުއަރީގައި ނެރެފައިވާ އަމުރު ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުގެ އިއްތިފާގުން ނެރެފައިވާ އަމުރެއް އެހެން ފަނޑިޔާރުންތަކަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. 

އެފަދަ އަމުރެއް ބަދަލު ކުރެވޭނެ ހަމައެކަނި ހާލަތަކީ އެ ހުކުމަށް ބަދަލު އަންނާނެ ފަދަ ހެއްކެއް ފެންމަތިވެ، އެ ހެއްކަކީ ކޮށްފައިވާ ހުކުމަށް އަސުރުކުރާފަދަ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުގެ ފަަނޑިޔާރުންގެ ފުލް ބެންޗަށް ފެނިއްޖެ ހިނދެއްގަ އެވެ. 

ގިނަ ގާނޫނީ ވަކީލުން ފާހަގަކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، އެ 12 މެމްބަރުންނަކީ މަޖިލިސް މެމްބަރުން ކަމަށް ސުޕްރީމް ކޯޯޓުގެ އުއްތަމަ ފަނޑިޔާރާއެކު އެކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން އެކެއް ފެބްރުއަރީގައި ނެފައިވާ އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެ 12 މެމްބަރުންގެ ގޮނޑިއާމެދު އެއްވެސް ސުވާލެއް އުފެދެންޖެހޭ ސަބަބެއްވެސް ނެތް ކަމަށް ގާނޫނީ ވަކީލުން ބުނެއެވެ. އަދި އަމުދުން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށްފަހު، ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގައި ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ބައެއް ގާނޫނީ ވަކީލުންނާއި އާއްމު ބައެއް ރައްޔިތުން ވެސް ދަނީ ފާހަގަ ކުރަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 04:06
ނާޝީދު
ސުޕްރީމްކޯޓަކަށްވެސް 12 މެމްބަރުން ރަށްމެދެއް ނުކުރެވޭނެ. ގެއްލިއްޖިއްޔާ ގެއްލިއްޖެއޭ ބުނަންވާނީ. ސުޕްރިމް ކޯޓުން ބުނަންޖެހޭނީ މެމްބަރެއްކަން ނުވަތަ ނޫންކަން.
6 މާރޗް 2018 | އަންގާރަ 11:57
އިއްލިޔާސް
ސޯ ދެޓްމީންސް 5 ފަނޑިޔާރުންނަށްވުރެ 3 ފަނޑިޔާރުންގެ ބަސް މާ ސައްޚަ ދެއްތޯ؟ ޔާ الّله އަޅަމެން މި މުސީބާތުން އަވަސް ގޮތަކަށް ސަލާމަތް ކުރައްވާދޭވެ! އާމީން ?