ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 13:18
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ ބަޔާން
އެމްޑީޕީ ހަރުގޭގައި ހުރި މުދަލަށް ފުލުހުން ގެއްލުންދިން މައްސަލަ ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
މާރޗް ތިންވަނަ ދުވަހުގައި ބޭއްވި މުޒާހަރާގައި ފުލުހުން ހަރުގޭގެ މުއްދަލަށް ގެއްލުންދީފައިވަނީ

އެމްޑީޕީ ހަރުގޭގައި ހުރި މުދަލަށް ފުލުހުން ގެއްލުންދިން މައްސަލަ މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފިއެވެ. 

އެ ޕާޓީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ހުކުމް ތަންފީޒުކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސިލްސިލާ އެއްވުމުގެ ތެރެއިން މާރޗް ތިންވަނަ ދުވަހު އެމްޑީޕީގެ ހަރުގެ ކައިރީގައި ކުރިއަށް ދިޔަ އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ބައެއް ފުލުހުން އެމްޑީޕީގެ ހަރުގެއަށް ވަދެ އެޕާޓީގެ މުދަލަށް ގެއްލުންދީފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެ މައްސަލަ މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"ގާނޫނާ ޚިލާފަށް ސުލްހަވެރި ސިޔާސީ އެއްވުން ހުއްޓުވާ ޕާޓީގެ މުދަލަށް ގެއްލުންދޭ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހުށަހަޅަމުން ގެންދާނަން" އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވިއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޣައިރު ޤާނޫނީ އަމަލު ހިންގަނީ ފުލުހުންގެ ތެރެއިން މަދު އޮފިސަރުންތަކެއް ކަމަށާއި ގިނަ ފުލުހުންނަކީ ޤާނޫނަށް ލޯބިކުރާ ޒިންމާދާރު ބައެއް ކަމަށެވެ. އަދި މަދު ފުލުހުންގެ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން އިޚްލާސްތެރިކަމާއެކީ ޚިދުމަތް ކުރަމުންދާ ފުލުހުންގެ ނަން ކިލަނބުވެގެންދާތީ ހިތާމަކުރައްވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް