ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 12:11
ގދ ތިނަދޫގައި ފުލުހުން: އެމްޑީޕީ ބޮޑު ދިދަ ތިރިކުރަން ވަނީ އަންގާފައި
ގދ ތިނަދޫގައި ފުލުހުން: އެމްޑީޕީ ބޮޑު ދިދަ ތިރިކުރަން ވަނީ އަންގާފައި
ޓްވިޓަރ
ގދ ތިނަދޫ
ތިނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން އަންގައިފި
އެދިދައަކީ އެމްޑީޕީ އުފެދުނީންސުރެ ނަގާފައި ހުންނަ ދިދައެއް

ގދ ތިނަދޫގައި ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރުމަށް އަންގައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލިދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް އެމްޑީޕީގެ ބޮޑު ދިދަ ނަގާއި ހުންނަނަ އެރަށު ދިހަރޭގޭގެ ވެރިފަރާތަށް، އެ ދިދަ ނެގުމަށް އަންގާފައިވާ ކަމަށެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންގާފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް އެއީ އެމްޑީޕީއަށް ކުއްޔަށް ދޫކޮށްފައި ހުންނަ ގެއެއް ކަމަށާއި އެދިދަ ތިރި ނުކުރާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގާތްގަނޑަކަށް 70 ފޫޓް މައްޗަށް ނަގާފައި ހުންނަ އެދިދައަކީ އެމްޑީޕީ އުފެދުނީންސުރެ އެތަނުގައި ނަގާފައި ހުންނަ ދިދައެއް ކަމަށާއި ދުވަހަކު ވެސް އެދިދަ ތިރިކޮށްފައި ނުވާ ކަމަށެވެ.

މަނަދޫގައި ހުރި އެމްޑީޕީގެ ދިދަ އިއްޔެ ބާލާފައިވާއިރު، އޭގެ ކުރުން ކުޅުއްދުފުށީގަިއ ހުރި އެމްޑީޕީގެ ދިދަ އާއި ކަނޑިތީމުގައި ހުރި އެމްޑީޕީގެ ދިދަ ވެސް ފުލުހުން ވަނީ ބާލައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް