ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 12:18
ކުރީގެ ސީޕީ އަރީފް ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ
ކުރީގެ ސީޕީ އަރީފް ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ
ވީނިއުސް
މެމްބަރު ފާރިސް މައުމޫން
އަރީފް ހައްޔަރު ކުރަން ދިޔަ ފުލުހުން، ފާރިސްގެ އެޕާޓްމަންޓް ފާސްކުރަން އުޅުނު!
ކުރީގެ ސީޕީ އަރީފްގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު
ފާރިސްގެ އަނބިކަނބަލުން އެ އެޕާޓްމަންޓް ބަލާފާސްކުރަން ހުއްދައެއް ނުދެއްވި
ސްނޯ ރޯޒްގެ އިން އެއްވެސް އެއްޗެއް ފުލުހުން ގެންގޮސްފައެއް ނުވޭ

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ހައްޔަރުކުރުމަށް އަރީފް ދިރިއުޅުއްވާ ގެއަށް ފުލުހުން ގޮސް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކުރަން ފުލުހުން އުޅެފި އެވެ.

އަރީފް އާއި ފާރިސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ މ. ސްނޯރޯޒް ގޭގެ ދެބެން ނާއެވެ. އަރީފް އާއި ފާރިސް ވެސް ދިރިއުޅުއްވަނީ އެ ދެ ބޭފުޅުންގެ އަނބިކަނބަލުންނާއެކު ސްނީރޯޒްގަ އެވެ.

ފާރިސް ހުންނެވީ ޝަރުއީ ހުކުމަކާ ނުލާ ޖަލު ބަންދެއްގަ އެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަރީފް ވަކިކުރެއްވީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އުޅުއްވުމުން ނެވެ. 

އަންގާރަ ދުވަހުގެ 10 ޖަހާއެކަންހާއިރު، ކުރީގެ ސީޕީ އަރީފް ހައްޔަރު ކޮށްފައިވާއިރު، އަރީފްގެ އެޕާޓްމަންޓް ވެސް ބަލައިފާސްކޮށްފައި ވެއެވެ. އަދި ފާރިސް ދިރިއުއްވާ އެޕާޓްމަންޓް ބަލާފާސް ކުރުމަށް ފުލުހުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފާރިސްގެ އަނބިކަނބަލުން ހުއްދަ ނުދެއްވި ކަމަށް، ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި އެވެ. 

އަރީފްގެ ގާނޫނީ ވަކީލު ވިދާޅުވީ ހައްޔަރުކުރީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެއްގަ ކަމަށެވެ. 

އަންގާރަ ދުވަހު ސްނޯރޯޒް ބަލައި ފާސްކުރުމަށްފަހު އެގެއިން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށް ރައީސް މައުމޫންގެ ޓީމުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން މިފަދަ މައުލޫމާތު ފުލުހުން ހާމަ ކުރަމަށް ދެކޮޅު ހަދަމުންދާތީ މިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް