ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 12:40
ވަކިން ލޯބިން ޕްރިމިއާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފިލްމުގެ ތަރިން
ވަކިން ލޯބިން ޕްރިމިއާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފިލްމުގެ ތަރިން
މުހައްމަދު ޝަރުހާން
ވަކިން ލޯބިންް
ވަކިން ލޯބިން އަޅުވައިފި
މި ފިލްމު ރިލީޒްކޮށްފައިވަނީ ހޯމަދުވަހުގެ ރޭ އޮލިމްޕަހުގައި

ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ފުރަތަމަ ރިލީޒް ކުރާ ފިލްމު، 'ވަކިން ލޯބިން' ހޯމަ ދުވަހު ރިލީޒްކޮށްފިއެވެ.

މި ފިލްމު ރިލީޒްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ވަކިން ލޯބިން ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންވަނީ ބައިވެރިވެފައެވެ. މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދަނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

މި ފިލްމަކީ މި އަހަރު އަޅުވާ ދެވަނަ ދިވެހި ފިލްމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް