ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 12:05
ލަންކާގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން
ލަންކާގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން
މުހަންމަދު ވިސާމް
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ދިވެހިން ލަންކާގައި މުޒާހަރާކޮށްފި
މުޒާހަރާގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި
މުޒާހާރާގެ ބައިވެރިން ވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލާފައި
ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ މުޒާހަރާގައި ބައިވެރިވަޑައިގެންފަ

ސިޔާސީ މަގުސަދުގައި ހައްޔަރު ކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާކޮށްފި އެވެ. 

ސިޔާސީ ހައްޔަރީންނާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުން މިނިވަންކުރުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާއެކު މުޒާހަރާ ފެށީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކުރިމަތީގައި މިއަދު ހެނދުނު 10:30 ހާއިރު އެވެ. މި މުޒާހަރާ ނިންމާލީ 12:30 ގަ އެވެ. ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދިނުމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ހައްޔަރުކުރުމަށް އެއްވުމުގައި ގޮވާލި އެވެ. 

ލަންކާގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން 

މުޒާހަރާ އިންތިޒާމް ކުރުމަށް އިސްކޮށް ހަރަކާތެރިވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ މި މުޒާހަރާއާކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާއަށް ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހެސެއިން ޝަރީފް (މުންދު) ވެސް ތާއިދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 މާރޗް 2018 | އަންގާރަ 11:38
ހ މ ޒ
ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި