ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 11:10
ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދަނީ
ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދަނީ
ވީނިއުސް
ކުއްލި ނުރައްކަލުގެ ހާލަތު
ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްފި
ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން
އަރީފްގެ އެޕާޓްމެންޓް ބަލައި ފާސްކުރުން ކުރިއަށް އެބަ ގެންދޭ
ކުރީގެ ސީޕީ ރިޔާޒު ވެސް ވަނީ ހައްޔަރުކޮށްފައި

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް މަސައްކަތް ކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ހައްޔަރުކޮށްފިއެވެ.


އަރީފް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް އަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރުމަށް ފަހުގައެވެ. އަދި މިހާރު އަރީފް ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.


ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ރައީސް ޔާމީން ވަނީ އަރީފް އެމަޤާމުން ވަކިކޮށްފައެވެ. 
 

އޭނާ މަޤާމުން ވަކިކޮށްފައިވަނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރަން ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވުމުން، އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ. ނަމަވެސް އަރީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމް ތަންފީޒުކުރަން މަސައްކތް ކުރުމުންނެވެ. 


އޭގެ ފަހުން މިދިޔަ މަހުގެ 2 ވަނަ ދުވަހު ވަނީ އަރީފްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. 


ސަރުކާރުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް މަސައްކަތް ކުރި ޓީމުގައި ހިމެނޭ ފުލުހުން ހައްޔަރު ކުރަމުންނެވެ. އެގޮތުން އެސްއޯ ފުލހުންނާއި ކުރީގެ ސްވޮޓް ޓީމުގެ ކޮމާންޑަރ އޭގެ ތެރޭގައި ހިމެނެއެވެ.

އަރީފް ހައްޔަރުކުރިއިރު، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް