ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 07:22
މީރާ އޮފީސް: މުހައްމަދު ޝަރުހާން / ރާއްޖެއެމްވީ
މީރާ އޮފީސް: މުހައްމަދު ޝަރުހާން / ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
މީރާ
މޯބައިލް އެޕްލިކޭޝަން ބޭނުން ކޮށްގެންވެސް މީރާއަށް ޒަކާތް ދެއްކޭނެ
މުދަލު ޒަކާތް މީގެ ކުރިން ދެއްކެނީ މީރާގެ އޮފީހަށް ގޮސް

މީރާގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ބާގިރެވެ.

އެ ރަސްމިޔާތުގައި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި މީރާގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މުދަލު ޒަކާތްދެއްކޭ ގޮތް ހަމަޖެހުމުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުދަލުޒަކާތް ދައްކަން ފަސޭހަވެގެންދާނެކަން ފާހަގަ ކުރެއްވި އެވެ. އަދި މުދަލުޒަކާތާމެދު އާންމުން ހޭލުންތެރި ކުރުވުމަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު ވަނީ މުދަލު ޒަކާތް ދެއްކުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި މީރާއިން މުދަލުޒަކާތް ބަލައިގަތުމުގެ ފަސޭހަ ގޮތްތަކެއް ތައާރަފު ކުރެއްވީތީ އެކަން ބަލައިގަންނަ ކަމަށް ވިދާޅުވެ މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

މީގެ ކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތް ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުންދަނީ މީރާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް