ކ. މާލެ
|
5 މާރޗް 2018 | ހޯމަ 23:35
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސާއި، އަބްދުﷲ ރިޔަޒް ހައްޔަރުކޮށްގެން ގެންދަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސާއި، އަބްދުﷲ ރިޔަޒް ހައްޔަރުކޮށްގެން ގެންދަނީ
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ރިޔާޒް ހައްޔަރުކުރި ސަބަބު އަދިވެސް އަންގާފައެއް ނުވޭ: ވަކީލް
ރިޔާޒް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން
ރިޔާޒް ހައްޔަރުގައި ބަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒަގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް އަދިވެސް އަންގާފައިނުވާ ކަމަށް ވަކީލް ވިދާޅުވެއްޖެ އެވެ. 

 

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ރައްޔިތުން މަޖީދީ މަގުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ހުންނަވަނިކޮށެވެ. ހަމަ އެ އެއްވުމުގެ ތެރެއިން ރިޔާޒާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އަބްދުﷲ ޝާހިދު ފަހުން ދޫކޮށްލާފައިވާއިރު، ރިޔާޒް ބަންދުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންކަމަށް ފުލުހުން ބުނެފައިވާކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ. 

 

ހައްޔަރުގައި ތިއްބެވި ގިނަ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ މަޝްއޫރު ޤާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދޫނިދޫ ޖަލުގައި ހުންނެވި ރިޔާޒާ މިއަދު ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒްތަކުން ރިޔާޒު މަހުރޫމްކޮށްފައިވާކަމަށް ވަކީލް ހިސާން ވިދާޅުވި އެވެ. 

 

ހިސާން ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ރިޔާޒު ހައްޔަރުކުރެވުނުއިރު އަދިވެސް ރިޔާޒު ހައްޔަރުކުރެވުނު ސަބަބު އަންގާފައިނުވާކަމަށެވެ. 

 

ޤާނޫނީ ވަކީލުން މެދުވެރިކުރައްވާ ރިޔާޒު އާދިއްތަ ދުވަހު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ހައްޔަރު ކުރެވޭ މީހުންނާމެދު ފުލުހުން ޢަމަލް ކުރާ ގޮތުގައި އިސްލާޙް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އިއްތިހާދުގެ ވެރިކަމުގައި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އަދި ރިޔާޒް ހުންނެވީ ގަދަކޮށް ކަމަށާއި މިހާތަނަށް އެއްވެސް ތުހުމަތެއްކޮށް ސުވާލެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް