ކ. މާލެ
|
5 މާރޗް 2018 | ހޯމަ 23:13
ގުޅިފައިވާ ސިޔާސީ ޕަޓީތަކަށް ތާއިދުކުރާ އާންމު ރައްޔިތުން ހަރުގެ ކުރިމަތީގައި
ގުޅިފައިވާ ސިޔާސީ ޕަޓީތަކަށް ތާއިދުކުރާ އާންމު ރައްޔިތުން ހަރުގެ ކުރިމަތީގައި
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ހަރުގެ ކުރިމަތީ މިރޭވެސް އިހްތިޖާޖްކޮށްފި، މީހަކު ހައްޔަރުކޮށްފައެއް ނުވޭ
ފުލުހުން ވަނީ 10:30 ވުމުން އާންމު ރައްޔިތުން އެސަރަހައްދުން ފޮނުވާލާފައި
މާދަމާ ރޭ ވެސް އެއްވުން ކުރިއަށް ގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފައި

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށާއި ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލައި މިރޭވެސް އެމްޑީޕީ ހަރުގެ ކުރިމަތީގައި އިހްތިޖާޖްކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ 9:30 ކަން ހާއިރު ފެށި މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވިއެވެ. އަޑުގަދަކުރާ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަފައި ވަނީ ކުރީގެ ބައެއް ކައުންސިލަރުންނާއި ދާއިރާތަކުގެ މެމްބަރުންނެވެ.

އެމީހުންގެ ވާހަކާގައި ބުނެފައި ވަނީ މާރްޗް މަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމުގައި އަތޮޅުތެރޭގެ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ. އަދި 16 ވަނަ ދުވަހުގެ ކުރިން ވެސް އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މީހުން މާލެ އައުމަށް ގޮވާލި އެވެ.

އެހެން ރޭތަކަކޭ އެއްގޮތަށް 10 ޖެހުމާއެކު ފުލުހުން ވަނީ އެމްޑީޕީ ހަރުގެ އެތެރެއަށް ވަދެ ސައުންޑް ސިސްޓަމް ބޭނުން ނުކުރުމަށް އަންގާފައެވެ. ފުލުހުންގެ އެއްގުމަށް ސައުންޑް ސިސްޓަމް ބޭނުން ކުރުން ހުއްޓާލުމުން، ހަރުގެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ފުލުހުން ވަނީ ފަހަތަށް ޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް