ކ. މާލެ
|
5 މާރޗް 2018 | ހޯމަ 22:48
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ފަނޑިޔާރުންގެ ޤާނޫނު
ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަކީ ޖުޑިޝަރީ ނޮޅައިގެން ކެއުން ފަދަ ކަމެއް: ގާސިމް
އިސްލާހު ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ޝަރުތުތުތަކުގެ ތެރެއަށް ޝަރުތެއް އިތުރު ކުރުމަށް
އެފަދަ ކަމެއް ވާނީ އުފެދުގައި ވެސް ބާތިލް ކަމަކަށް
އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އަބްދުއްރަހީމް

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ، ޝަރުއީ ދާއިރާ "ނޮޅައިގެން ކެއުން ފަދަ ކަމެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް، އެ ކޯޓު ހިސޯރުކުރުމަށްފަހު ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ގާނޫނު އިސްލާޙުކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ އިސްލާހެއް ގެނެއުން ވެސް ވާނީ އުފެދުމުގައި ބާތިލް ކަމަކަށް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓު ހިސާރުކުރުމަށްފަހު، އެއްގޮތް ނޫން އަނެއް ގޮތަކުން ހިސޯރުކުރި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނެއުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފު ކަމެއް. އެ ވާނީ އުފެދުމުގައިވެސް ބާތިލް ކަމަކަށް. އަދި އެއީ ޖުޑިޝަރީ ނޮޅާ ކެއުން ފަދަ ކަމެއް،" ގާސިމް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެއުމަށް ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ހަތަރު ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާއަކީ ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 މާރޗް 2018 | ހޯމަ 18:08
ބެއްޔާ
ސުޕްރީމް ކޯޓުން މަޖުލީހާއި ކުޅެނީ މަޖުލީހުން ކޯޓުތަކާއި ކުޅެނީ.. ދިވެހިން ހަމަ ގަމާރީބާ ޔާމިން ބޭނުން ގޮތެއް އެމީހުންނަށް އެހަދަނީ؟