ކ. މާލެ
|
5 މާރޗް 2018 | ހޯމަ 22:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
ރައީސް އޮފީސް
ފަނޑިޔާރު އަލީ ހަމީދު
އަލީ ހަމީދުގެ އަނބިކަނބަލުންގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވައިފި
އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްނުދޭތީ އެޗްއާރްސީއެމްއަށް މަައްސަލަ ހުށަހަޅާފަ
ދޫނިދޫއަށް ޑޮކްޓަރުން ގެންގޮސްގެން ނާސިރާ ދެއްކީ ހޮނިހިރު ދުވަހު
ދެ ފަހަރެއްގެ މަތިން ހޭނެތިގެން ގޮޅި ތެރެއަށް ވެއްޓުނު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން، ފާތިމަތު ނާސިރާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ނާސިރާ ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނާސިރާގެ ގާނޫނީ ވަކީލު އަލީ އަބްދުލްލަތީފް ވިދާޅުވީ ނާސިރާ އަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނުވެގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް)އަށް 14 ފެބްރުއަރީގައި މައްސަލަ ހުށަހެޅި ކަމަށެވެ. އޭގެ އިތުރުން، މިމަހުގެ އެއްވަނަ ދުވަހު ވެސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅާފައިވަނިކޮށް ދޫނިދޫއަށް ސަރޖިރީ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރެއް ގެންގޮސް މިދިޔަ ހޮނިހިރު ދުވަހު ނާސިރާ ދައްކާފައިވާ ކަމަށެވެ. ވީހާވެސް އަވަހަކަށް އޮޕަރޭޝަނެއް ކުރުމަށް ނާސިރާ ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް ނާސިރާއާ ހަވާލާދީ ވަކީލު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ނާސިރާގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެ އޮޕަރޭޝަން އަލުން ކުރުމަށެވެ.

ނާސިރާގެ ވަކީލުން އެޗްއާރްސީއެމްއަށް ފޮނުވި ސިޓީގައިވާގޮތުގައި، ދޫނިދޫގައި ހުންނަ ކްލިނިކުން ލޭގެ ސާމްޕަލްތަކެއް ނަގައިގެން ތަހުލީލުކުރުމަށް ފަހު ޔޫރިން އިންފެކްޓްވެފައިވާކަމާއި އެކަމުގެ ސަބަބުން ނާސިރާގެ ދެފައި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބަންދުކުރެވުނު ފަހުން ދެފަހަރެއްގެ މަތިން ނާސިރާ ހޭނެތިގެން ގޮޅީގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ނާސިރާ ހައްޔަރުކޮށްފައިވަނީ ހަތަރު ތުހުމަތެއް ކުރުމަށްފަހުގައެވެ. އެގޮތުން، ޓެރަރިޒަމާއި، ރިޝްވަތާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ އިތުރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތު ނާސިރާގެ މައްޗަށް ފުލުހުން ކުރެއެވެ.

ނާސިރާ ހައްޔަރުކޮށްގެން ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަލީ ހަމީދު ވެސް ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 މާރޗް 2018 | ހޯމަ 18:32
އައްޔު
Mee varah varah nubai vegen vaa verieh. Verikamah takaa meena anheneh kudakujjej muskulhieh nubalaa.varah nubai nimumakun mifadhs meehun nimidhaanee. IA.