ކ. މާލެ
|
5 މާރޗް 2018 | ހޯމަ 21:00
އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަު ހައްޔަރުކޮށްގެން ގެންދިއުމަށް ފުލުހުން މަސައްކަތްކުރަނީ
އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަު ހައްޔަރުކޮށްގެން ގެންދިއުމަށް ފުލުހުން މަސައްކަތްކުރަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކުރި މީހުންގެ އަދަދު 110 އަށް އަރާ: އެމްޑީޕީ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓުވީޓެއް
ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ ޢަދަދު 36 އަށް އަރާ
އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފައި

ޤާނޫނުއަސާސީއާ ޚިލާފު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ ޢަދަދު 110 އަށް އަރާ ކަމަށާއި، ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބަކީ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ. 

 

ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓުވީޓެއްކަން ހާމަކޮށް އެމްޑީޕީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީއާ ޚިލާފު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ ޢަދަދަކީ 110 ކަމަށެވެ. އަދި އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ ޢަދަދު މިވަނީ 36 އަށް އަރާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

 

އެމްޑީޕީން ބުނީ، އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފައި ކަމަށެވެ. އަދި އޭގެތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި ތިބިއިރު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށް، ގޭބަންދުގައި ވެސް އެކަކު ހުރިކަން އެ ޕާޓީން ފާހަގަ ކޮށްފައިވެއެވެ.

 

ބަޔާނުގައި އިތުރަށް އެމްޑީޕީން ބުނެފައިވަނީ ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން ޢާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާ ކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލާ ކަމަށެވެ. އަދި އެކިއެކި ކުށްކުށުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުނަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ވެސް ވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެ ފަރާތްތަކަށް ލިބުނަނުދީ ހިފަހައްޓާފައި ކަމަށް އެމްޑީޕީން ބުނެ އެވެ. 

 

އެމްޑީޕީން ބުނިގޮތުގައި ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރަހީނުކޮށްފައި ތިބި 36 ބޭފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ މަސައްކަތްތެރީންގެ އިތުރުން، ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ފުލުހުންގެ އޮފިސަރުން ވެސް ހިމެނެއެވެ. އެފަރާތްތައް މިހާރުން މިހާރަށް މިނިވަންކުރައްވައި، ޤާނޫނުގެ ތެރެއަށް ވެދެވަޑައިގަތުމަށް ރައީސް ޔާމީނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.  

 

"5 ފެބްރުއަރީ 2018 ވީ ހޯމަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވައި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ވަނީ ކަނޑުވާލާފައެވެ. މިއަދަކީ، ޤާނޫނުއަސާސީއާ ޚިލާފަށް އިސްވެ ދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރިތާ 1 މަސް ދުވަސް ފުރުނު ދުވަހެވެ. އެ ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެއްވެސް އަސާސެއް ނެތް ގޮތުގައި އެތަކެއް ބަޔަކު ރަހީނުކޮށް އެމީހުންނަށް ޤާނޫނުއަސާސީން ލިބިފައިވާ ގިނަ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. އަދި ފުލުސް އޮފީހުގެ ތަފާސް ހިސާބުތައް ހާމަކުރުމުގައި ރައްޔިތުންނަށް އޮޅޭގޮތަށް އެހިސާބުތައް ދަނީ ހާމަކުރަމުންނެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް