ކ. މާލެ
|
5 މާރޗް 2018 | ހޯމަ 17:10
ޢަބްދުއްރަހީމް:ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރަން ވަނީ ހުށަހަޅާފައި
ޢަބްދުއްރަހީމް:ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރަން ވަނީ ހުށަހަޅާފައި
ޓްވިޓަރ
ފަނޑިޔާރުންގެ ޤާނޫނު
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި
އިސްލާހްގެ ތަފްސީލެއް ހާމައެއް ނުކުރޭ
އިސްލާހް ކުރަނީ ފަނޑިޔާރުންގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ މާއްދާ
ބެންޗަށް ބަދަލު ގެންނަކަން އެނގިފައެއް ނުވޭ

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަހުމަދު ނިހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޤާނޫން ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އެބިލް ހުށަހަޅައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ކަމަށެވެ.

ނިހާންގެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ގެނެވޭ އިސްލާހްތަކުގެ ތެރޭގައި އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން ހިމެނެއެވެ. އެ މާއްދާއަކީ ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. ނަމަވެސް އެގެންނަ އިސްލާހުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.  

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެންނަ އިސްލާހު ތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން މިހާރުގެ ގާނޫނުގައި ކަނޑައަޅާފައި ހުރި ބައެއް އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ބިލުގައި ހިމެނޭ ކަމަށްވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން އެ ބިލުގައި ހިމަނާފައި ނުވާ ކަމަށްވެ އެވެ.

ސަރުކާރުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި މިވަނީ ސުޕްރީމް ކޯޓުން މިދިޔަމަހު 1 ގައި ނެރުނު އަމުރު ތަންފީޒް ނުކޮށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް