ކ. މާލެ
|
5 މާރޗް 2018 | ހޯމަ 17:34
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
އަހުމަދު މުހުސިނު
ފަލަސުރުހީ
މި ސަރުކާރުން ކަންކުރަނީ އިޤްތިސާދީ މާހިރުން ކަންކުރާ ގޮތަކަށް ނޫން: އަސްލަމް
މުޅި ދުނިޔެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލި އަގުވެއްޓިފައިވަނީ
ރައީސް ޔާމީން ވެރިކަމުގައި އިތުރަށް ހުންނަވައިފިނަމަ ދައުލަތުގެ ދަރަނި އިތުރުވެ އިގްތިސާދު ހީނަރުވެގެންދާނެ

މި ސަރުކާރުން ކަންކުރަނީ އިޤްތިސާދީ މާހިރުން ކަންކުރާ ގޮތަކަށް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވެ ވަޒީފާތައް މަދުވަމުންދާ ކަމަށާއި ފަތުވެރިކަން ދަށްވެ ރިސޯޓްތަކަށް ގެއްލުންވެ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާތަކުން ކަނޑަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖެ ފޮރިން އިންވެސްޓްމަންޓަށް ބަރޯސާވެފައިވާއިރު ބޭރުގައުމުތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް މިހާރު ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު ފޮރިން އިންވެސްޓްމަންޓަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ. މިހާރު ބޭރު ގައުމުތަކުން ރާއްޖޭގައި އިންވެސްޓް ކުރާކަށް ޝައުގުވެރިއެއް ނުވޭ. މި މަހުގެ ފަހުކޮޅު އާންމުންގެ ޖީބާ ހިސާބަށް މިކަމުގެ އަސަރުކުރަން ފަށާނެ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މުޅި ދުނިޔެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލި އަގުވެއްޓިފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި އިތުރަށް ހުންނަވައިފިނަމަ ދައުލަތުގެ ދަރަނި އިތުރުވެ އިގްތިސާދު ހީނަރުވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕްރޮގްރާމް ނިންމަވާލައްވަމުން އަސްލަމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތައް އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށާއި ލީޑަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް