ކ. މާލެ
|
5 މާރޗް 2018 | ހޯމަ 17:27
އެމްއާރުޑީސީގެ ނޫސްވެރިންގެ ބައްދަލުވުމެއް
އެމްއާރުޑީސީގެ ނޫސްވެރިންގެ ބައްދަލުވުމެއް
ފާތިމަތު ޝަނާ މުހައްމަދު
އެމްއާރުޑީސީ
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގް މިނިސްޓްރީގެ ދަށަށް!
ބިޒުނަސް ޑިވެލޮޕްމެންޓް ފިޔަވާ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ މަސައްކަތް ވަނީ ބަދަލުކޮށްފަ
އެމްއާރުޑީސީ އަދި ހައުސިންގް މިނިސްޓްރީގެ ބަހެއް ނުލިބޭ
އެމްާއާރުޑީސީ އުވާލުމުގެ މަޝްވަރާތަށް ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ކޮށްފަ

މޯލްޑިވްސް ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މަސައްކަތަށް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްއާރުޑީސީ އުވާލުމުގެ މަޝްވަރާތައް އެކުންފުނީގެ ބޯޑުން މިއަހަރުގެ ޖެނެއަރީ މަހުގެ ތެރޭގައި ކޮށްފައި ވަނިކޮށް، ފެބްރުއަރީ މަހުން ފެށިގެން އެ ކުންފުނީގެ ބިޒުނަސް ޑިވެލޮޕްމެންޓް ފިޔަވާ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ މަސައްކަތް ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެމްއާރުޑީސީގެ ބިޒުނަސް ޑިވެލޮޕްމެންޓް ފިޔާވާ އެހެން ޑިޕާޓްމަންޓުތަކުގެ މުވައްޒިފުން ވެސް ހައުސިންގް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

މިކަމާއި ގުޅިގެން އެމްއާރުޑީސީ އަދި ހައުސިންގް މިނިސްޓްރީގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެމްއާރުޑީސީ އުވާލުކަމުގެ އަޑުތަކެއް ފުތުރެމުން ދާއިރު، އެ ކުންފުނީގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް