ކ. މާލެ
|
5 މާރޗް 2018 | ހޯމަ 15:53
ޖެނެރަލް ޒަކަރިއްޔާ މަންސޫރު
ޖެނެރަލް ޒަކަރިއްޔާ މަންސޫރު
އެމްއެންޑީއެފް
ކުއްލި ނުރައްކަލުގެ ހާލަތު
ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ހައްޔަރުކޮށްފައި: ރައީސް ނަޝީދު
މަންސޫރު ބަންދުކޮށްފައިވަނީ ސިފައިންގެ މައިމަރުކަޒުގައި: ރައީސް ނަޝީދު
ސިފައިންނާއި ބެހޭ ގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް: އެމްއެންޑީއެފް
ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންވާނީތޯ ވަކިވަކި ސިފައިން އަމިއްލައަށް ސުވާލު އުފައްދަންޖެހޭ

ސިފައިންގެ 3 ވަނައަށް އެންމެ މަތީ ވެރިޔާ އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިޔާ ޖެނެރަލް ޒަކަރިއްރާ މަންސޫރު ހައްުޔަރުކޮށް، ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފައިވާކަމުގެ ޚަބަރުތައް ލިބިވަޑައިގެންފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސިފައިންނާއި ފުލުހުން، ރައީސް ޔާމީނުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވަމުންދާނީތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި ޖެނެރަލް މަންސޫރަކީ ސިފައިންގޭގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެއް އޮފިސަރުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރުކޮށްފައިވާކަމުގެ ޚަބަރުތަކެއް އާދިއްތަ ދުވަހުވެސް ފެތުރުނެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. 

ޖެނެރަލް މަންސޫރަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްއެވެ.

ރައީސް ނަޝީދުގެ މި ޓްވީޓާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ"އެމްއެންޑީއެފް އާއި ގުޅުވައިގެން ފަތުރަމުންދަނީ ހަޤީގަތެއް ނެތް ދޮގު ޚަބަރެއްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ"ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ސިފައިންގެ ޖެނެރަލް ރޭންކްގެ އޮފިސަރަކު ހައްޔަރުކުރި ޚަބަރު ފެތުރިފައިމިވަނީ، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ނިސްބަތްވާ ސިފައިންގެ ބަޔަކުވެސް ހައްޔަރުކޮށްފައިވާކަމަށް އެމީހުންގެ އާއިލާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
5 މާރޗް 2018 | ހޯމަ 11:19
މުސްތަފާ
ދެން ހައްޔަރު ނުކުރާނަމަ ޒަކަރިއްޔާ އަރުވަބަލަ ޓީވީއަކަށް.