ކ. މާލެ
|
5 މާރޗް 2018 | ހޯމަ 15:21
ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން އައިޖީއެމްގައި
ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން އައިޖީއެމްގައި
ރާއްޖެ އެމްވީ
ޝެއިހް އިމްރާން
ޝެއިހް އިމްރާން އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފި
ބެލެވޭ ގޮތުގައި އިމްރާން ވަނީ ޓެސްޓުތަކެއް ހަދާފައި
އާއިލާއަށް މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ
އިމްރާނުގެ ހާލަތާ މެދު އަދާލަތު ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައިޖީއެމަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް އިމާރާން އައިޖީއެމްޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައި ވަނީ ހޯމަ ދުވަހު މެންދުރު ވަގުތެއްގައެވެ. ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން ވަނީ މީގެ ކުރިން ވެސް އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.

މި ކަމާއި ގުޅިގެން ކަރެކްޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މެމްބަރު ސިދާތާ ޝަރީފް ވިދާޅުވީ އިމްރާން ލޭގެ ޓެސްޓަކާއި އެތެރެ ހަށީގެ ސްކޭނެން ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. ބެލެވޭގޮތުގައި ހޯމަ ދުވަހު އިމްރާން އިޖީއެމްއެޗަށް ގެނެސްފައި ވަނީ އެ ޓެސްޓުތައް ހަދަން ކަމަށާއި، އާއިލީ ބައްދަލުވުން ނުލިބޭތީ އެންމެ ފުރިހަމައަށް މައުލޫމާތު ނުލިބޭ ކަމަށް ސިދާތާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަދާލަތު ޕާޓީން ޑޮކްޓަރުންނާ ހަވާލާދީ ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައި ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އިމްރާނަށް އެކަށީގެންވާ ފަރުވާ، އަވަސް މުއްދަތެއްގެ ތެރޭގައި ނުދީފި ނަމަ، ނުރައްކާވެދާނެ ކަމަށާއި އެގޮތުން އޭނާގެ ހިތަށާއި ލޭގެ ޕްރެޝަރު މައްޗަށް ގޮސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް