ކ. މާލެ
|
5 މާރޗް 2018 | ހޯމަ 15:40
ނަދީމް ހައްޔަރުކޮށްފައިވާ ސަބަބު އަންގާފައި ނުވާއިރު ތަޙުޤީޤު ކުރުމުގެ ގޮތުން އޭނާ އާއި މިހާތަނަށް ސުވާލުވެސް ކޮށްފައެއް ނުވޭ
ނަދީމް ހައްޔަރުކޮށްފައިވާ ސަބަބު އަންގާފައި ނުވާއިރު ތަޙުޤީޤު ކުރުމުގެ ގޮތުން އޭނާ އާއި މިހާތަނަށް ސުވާލުވެސް ކޮށްފައެއް ނުވޭ
އަޒުމޫން އަހުމަދު
ކުއްލި ނުރައްކަލުގެ ހާލަތު
ފުލުހުން ބިޒީވެދާނެކަން ޤަބޫލުކުރަން، އެކަމަކު ނަދީމް ހައްޔަރުކުރީ ކީއްވެކަން ނަދީމްއަށް އަންގާލަދީ: މަހުފޫޒް
ނަދީމް ހައްޔަރުކުރީ ފެބްރުއަރީ 5 ވަނަ ދުވަހު
ކުރާ ތުޙުމަތު އަދި އަންގާފައެއް ނުވޭ
ކުރާ ތުޙުމަތު އޮޅުން ފިލުވައިދިނުމަށް ވަނީ އެދިފަ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަހައްޓާފައި ހުންނަތާ މަހެއް ވެގެން ދިޔައިރު، ނަދީމް ހައްޔަރުކުރި ކޮން ތުޙުމަތެއްގައިކަންވެސް ނަދީމްއަށް އަންގާފައި ނުވާކަމަށް ނަދީމްގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

ނަދީމްގެ ޤާނޫނީ ވަކީލު، އަލްއުސްތާޛް މަހުފޫޒް ސައީދު ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ މަހެއްވީއިރު، ނަދީމްގެ މައްޗަށް ކުރަ ތުޙުމަތު ނަދީމްއަށް އަންގާފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މަހުފޫޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ވަރަށް އަވަދިނެތި އުޅޭ ކަމާއި، ޤައިދީއަކާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ވަގުތު ނުވެދާނެކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި މަހުފޫޒްގެ މުވައްކިލު، މުޙައްމަދު ނަދީމް ހައްޔަރުކޮށް ދޫނިދޫގައި ހުންނަތާ މަހެއް ވެފައިވާކަން ހަނދާންކޮށްދޭން ބޭނުންވާ ކަމަށްވެސް މަހުފޫޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން މަހުފޫޒް ވަނީ ނަދީމަށް ޒިޔާރަތްކޮށް، ނަދީމް ހައްޔަރުކުރީ ކީއްވެކަން އޭނާއަށް އޮޅުންފިލުވައިދިނުމަށް ފުލުހުންގެ ފަރާތުން އެދިފައެވެ.

ނަދީމް ހައްޔަރުކޮށްފައިވާ ސަބަބު އޭނާއަށް އަންގާފައި ނުވާއިރު ތަޙުޤީޤު ކުރުމުގެ ގޮތުން އޭނާ އާއި މިހާތަނަށް ސުވާލުވެސް ކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ނަދީމް ހައްޔަރުކޮށްފައިވަނީ އެރޭ ރާއްޖޭގައި އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަދީމްގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރި ފަހުން ސިޔާސީ އެކި ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލީ ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް