ކ. މާލެ
|
5 މާރޗް 2018 | ހޯމަ 14:06
ނ. މަނަދޫގައި ހުރި އެމްޑީޕީގެ ހަރުގެ އަދި ބޮޑު ދިދަ
ނ. މަނަދޫގައި ހުރި އެމްޑީޕީގެ ހަރުގެ އަދި ބޮޑު ދިދަ
މުހައްމަދު ފަޒީން
މަނަދޫ-އެމްޑީޕީ
އެމްޑީޕީގެ ދިދަތައް ނެގުމުގެ ސިލްސިލާ: މަނަދޫގައި ހުރި ބޮޑު ދިދަ ނަގާނެކަމުގެ އިންޒާރު ފުލުހުން ދީފި
މިއަދު 12 ޖެހުމުގެ ކުރިން ދިދަ ނެގުމަށް ވަނީ އަންގާފައި

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެމްޑީޕީގެ ދިދަތައް ނެގުމުގެ މަސައްކަތުގެ ދަށުން ނ. މަނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ނަގާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

މަނަދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް މީހަކު ބުނީ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެރަށުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ނެގުމަށް އަންގާފައިވާ ކަމަށާއި އެ ދިދަ ނުނަގައިފި ނަމަ ނަގާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާކަމަށެވެ. 

ރަށްރަށުގައި ހުރި އެމްޑީޕީގެ ބޮޑެތި ދިދަތައް ނަގަމުންދަނީ ގައުމީ ދިދައަށްވުރެ މައްޗަށް އެހެން އެއްވެސް ދިދައެއް ނުނެގޭނެ ކަމަށް ގަވައިދުގައި ބުނެފައިވާތީ އެވެ. 

އެމްޑީޕީގެ ތާއީދު ބޮޑު ގިނަ ރަށްތަކެއްގައި އެމްޑީޕީގެ ބޮޑު ދިދަ ވަރަށް އުހަށް ނަގާއިފައި ހުރެއެވެ. 

މީގެކުރިން ވެސް ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ނަގަމުން ގޮސްފައިވެ އެވެ. އެންމެފަހުން އާދިއްތަ ދުވަހު ށ. ކަނޑިތީމުގައި ހުރި އެމްޑީޕީގެ ބޮޑު ދިޔަ ވަނީ ފުލުހުން އައިސް ނަގާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް