ކ. މާލެ
|
5 މާރޗް 2018 | ހޯމަ 11:45
އެމްޑީޕީ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމު
އެމްޑީޕީ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމު
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ވޯމް އަޕް މުޒާހަރާގައި ހައްޔަރުކުރި ޝަހީމް ބޭސްފަރުވާއަށް މާލެ ގެނެސްފި
ޝަހީމް ހައްޔަރުކޮށްފައިވަނި މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު
އެދުވަހު އިދިކޮޅު ސިޔާސީ ގިނަ މީހުން ހައްޔަރުކޮށްފައިވޭ
ޝަހީމް ބޭސްފަރުވާއަށް ގެނެސްފައިވަނީ ކަކުލާއި ކޮނޑުގެ މައްސަލައެއްގައި

ކުއްލި ނުރައްކަލިގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމު ބޭސްފަރުވާއަށް މާލެ ގެނެސްފި އެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ވޯމް އަޕް އެއްވުމުގެ ތެރެއިން ހައްޔަރުކުރި ޝަހީމް ބޭސްފަރުވާ އަށް ގެނެސްފައި ވަނީ އޭނާގެ ކޮނޑުހުޅު ނެއްޓިގެން ދިޔުމާއި ކަކޫ ދުޅަވެފައި ހުރުމުންނެވެ. 

ޝަހީމުގެ އަނބިކަނބަލުން މިނާމް މުހައްމަދު ވިދާޅުވީ ފުލުހުން ޝަހީމަށް ފަރުވާ ދެނީ ފުލުހުންގެ ކްލިނިކް ނޫސަންދައިންނެވެ.

މިނާމް ވިދާޅުވީ ޝަހީމުގެ ވާތު ފައިގެ ކަކުލުގައި މައްސަލައެއް މީގެ ކުރިން ދިމާވެ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ޝަހީމަށް ކުރިން ރީތިކޮށް ހިނގޭ ކަމަށާއި ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ޝަހީމަށް ރަނގަޅަށް ނުހިނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނާމް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޝަހީމާއި ބައްދަލުވި ކަމަށާއި އޭރުވެސް އޭނާއަށް ރަގަޅަށް ނުހިނގޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް