ކ. މާލެ
|
5 މާރޗް 2018 | ހޯމަ 09:20
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް
މިހާރު
ރައްައްޔިތުންގެ މަޖިލިސް
ޝަރީފްގެ ނަން ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި
ޝަރީފަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓިއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ޝަރީފްގެ ނަން މަޖިލީހަށް ހުށަހަޅުއްވައި، ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުމެވެ.

ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އެއް ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ހައްޔަން ކުރައްވާފައި ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމަށެވެ.

އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އޭނާ އަދާކުރެއްވެވި އެވެ.

ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް އުޅުއްވި އެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް ބަދަލުކޮށް، ސްލައިމާން އެންއައިސީ އަށް ބަދަލުކުރުމަށް ރާވާފައިވާ ކަމުގެ އަޑުތައް ވަރަށް ކުރިން ފެށިގެން ފެތުރިފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް