ކ. މާލެ
|
5 މާރޗް 2018 | ހޯމަ 10:39
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ދިވެހިން ލަންކާގައި މުޒާހަރާކުރަނީ
ސުޕްރީމް ކޯޓްގެ އަމުރަށް ރައީސް ޔާމީން އަމަލެއް ނުކުރި

ސިޔާސީ މަގުސަދުގައި ހައްޔަރު ކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާ ކުރަން ނިންމައިފިއެވެ.

އެ މުޒާހަރާ އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މުޒާހަރާ ބާއްވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކުރިމަތީގައި އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން 12:30 އަށެވެ.

އޭނާ ބުނިގޮތުގައި މި މުޒާހަރާ ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި ހުކުމް ތަންފީޒުކުރަން ދިވެހި ރައްޔިތުން ގޮވާލާ ގޮވާލުމުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންވެސް ބައިވެރިވުމާއި ދިވެހިންގެ މި އަޑު ބޭރުގެ ފަރާތްތަކަށްވެސް އިއްވުމެވެ.

މިހާރު ޖަލަށް ނުލައި ތިއްބެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެވެސް ރައުޔާއެކު ޖުމުލަ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް ސަރުކާރުން އަމަލު ނުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު މި ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި ދެ ފަނޑިޔާރުން ވަނީ މައްސަލައާ ގުޅޭ ހެކި ނައްތާލާފައެވެ. އެކަމަށް ތުހުމަތުކޮށް، ހެކި ނައްތާލުމުގެ ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް