ކ. މާލެ
|
5 މާރޗް 2018 | ހޯމަ 07:24
އަބްދުﷲ ރިޔާޒް: ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
އަބްދުﷲ ރިޔާޒް: ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ދާހިލީ މައްސަލައެއްގައި ސިފައިންނަށް މަގުތަކަކަށް ނިކުމެ ނޫޅެވޭނެ: ރިޔާޒު
ސިފައިންނަށް މަގުމަތީގައި ހަރަކާތްތެރިވެވޭނީ ފުލުހުންނަށް، ފުލުހުންގެ ވާޒިބު އަދާނުކުރެވިގެން، ލިޔުމުން އެކަމަށް އެދުމުން

ދާހިލީ މައްސަލައެއްގައި ސިފައިންނަށް މަގު މައްޗަށް ނިކުމެ ނޫޅެވޭނެކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ. 

މިވަގުތު ފުލުހުންގެ ހައްޔަރުގައި ހުންނެވި ރިޔާޒު، ހައްޔަރުކުރުމުގެ ކުރިން ރާއްޖެޓީވީގެ "ހައިރާނުން ހައިރާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދާޚިލީ މައްސަލައެއްގައި ސިފައިންނަށް ނިކުމެ މަގުމަތީގައި ހަރަކާތްތެރިނުވެވޭނެ ކަމަށެވެ. އަދި ސިފައިންނަށް މަގުމަތީގައި ހަރަކާތްތެރިވެވޭނީ ފުލުހުންނަށް، ފުލުހުންގެ ވާޖިބު އަދާނުކުރެވިގެން، ލިޔުމުން އެކަމަށް އެދުމުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާހަމައަށްވެސް އެފަދަ ލިޔުމެއް ފުލުހުން، ސިފައިންނަށް ފޮނުވާފައިވާކަން އެނގެން ނެތްކަމަށް ވިދާޅުވެ ރިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

 

ސުޕްރީމް ކޯޓުގެ އަމުރާއެކު ފުލުހުންނަށް އަޒުމް ލައިދިނުމަށް ބޭއްވި ރަސްމއިްޔާތަކަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ އެންމެ އިސްވެރިން ބަނޑޭރި ކޮއްޓަަށް ވައްދައިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް، ސިފައިންގެ އަޒުމް ކިޔާތަން ފެނިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް ރިޔާޒު ވިދާޅުވި އެވެ. ފުލުހުންނާއި ސިފައިންނަކީ ދެ ޚިދުމަތެއްކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ ފުލުހުންވެސް ބަނޑޭރި ކޮއްޓަށް ވަދެގެން ނުވާނެ ކަމަށެވެ. 

 

އޭގެއިތުރުން ފުލުހުނާއި ސިފައިންނަކީ އެއް ހިދުމަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ އަޑުތަކެއް އިވިފައިވާކަމަށް ވިދާޅުވެ ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެހެން އެކަން ކޮށްފިނަމަ ރާއްޖޭގައި މި އޮތީ ފުރިހަމަ މިލިޓަރީ ވެރިކަމަކަށްވެގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

 

"މިއަދު މިއީ ސިވިލް ވެރިކަމެއް ތޯ، ނުވަތަ މިލިޓަރީ ވެރިކަމެއްގައިތޯ ސުވާލު އުފެދޭ"

 

އެންމެފަހުން ޕީޕީއެމުން ބޭއްވި "ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވާ ރިޔާޒު ވިދާޅުވީ އެރޭ އެމަނިކުފާނުގެ ވާހަކަފުޅުން ފުލުހުންނާއި ސިފައިންގެ ތެރޭގައި އެމަނިކުފާނުގެ ކޮމާންޑާއި ކޮންޓްރޯލް ގެއްލިފައި އޮތް މިންވަރު އެނގިގެން ދިޔަކަމަށެވެ. ހަނގުރާމައިގެ މައިދާނުގައިވެސް ރޫލްސް އޮފް އެންގޭޖްމެންޓް އޮންނަކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 މާރޗް 2018 | ހޯމަ 05:06
ސޮމެޮނެ
އަފްރާސީން ކޭސްގެ ސިއްރުތައް ކިޔާނުދެނީސް ތިޔަމީހާ ދޫކޮއްނުލާތި