ކ. މާލެ
|
5 މާރޗް 2018 | ހޯމަ 07:25
ރިލްވާނަށް ވީގޮތެއް ހޯދުމަށް ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ރިލްވާނަށް ވީގޮތެއް ހޯދުމަށް ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިލްވާން ވަގަށް ނެގުން
ނޫސްވެރިޔާ ރިލްވާން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު
މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ މިއަދު 3:00
ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރޭ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

 

މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ މިއަދު 3:00 އަށެވެ. ރިލްވާން ގަދަމުން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އޭގެއިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ. މީގެ ތެރެއިން ސުމައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ.

 

މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވައިފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގައި ޝަރީއަތުގެ މެދު ތެރެއިން އިތުރު ހެއްކަކު ހުށަހަޅަން ބޭނުންވުމުން ގާނޫނީ މައްސަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެއިތުރުން އެ ދުވަހުގެ އަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު 7 މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. 

 

އެމީހުންގެ ހެކިބަސްނެގީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާތީ  ރިލްވާން އެކާރަށް އެރުވިކަން ސާބިތުކޮށްދިނުމަށެވެ. އަދި އެކާރަށް ރިލްވާން މަންމަގެ އެހެން ދަރިއަކު އަރާފައިނުވާކަން ސާބިތުކޮށްދިނުމަށް ރިލްވާން މަންމަގެ ދަރިންގެ ތެރެއިން މާލޭގައި ތިބި ހުރިހާ ހެކިން ހާޒިރުކުރީ އެވެ. ނަމަވެސް ރިލްވާން މަންމަގެ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ހުރިހާ ކުދިންގެ ހެކިބަސްނަގާ ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރީއަތަށް ނުގެނެސް ހުރި ހުރި ރިލްވާންގެ އެއްބަނޑު މޫސާ ރިލްވާން ވެސް ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް