ކ. މާލެ
|
5 މާރޗް 2018 | ހޯމަ 08:05
ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޝަހީމް ހައްޔަރުކުރަނީ
ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޝަހީމް ހައްޔަރުކުރަނީ
އަވަސް
ކުއްލި ނުރައްކަލިގެ ހާލަތު
ޝަހީމްގެ ކޮނޑު ހުޅު ނައްޓާލި، ކަކޫ ވަނީ ދުޅަވެފައި، ފަރުވާއެއް ނުދޭ: އާއިލާ
ދުނިދޫން ދިނީ ތަދު ކަނޑުވާ ބޭސް
ޝަހީމްގެ ފައި ވަނީ ދުޅަ ވެފައި
ބޭސްފަރުވާ ކޮށްނުދޭ މައްސަލަ އެޗްއާރުސީއެމްއަށް ވަނީ ހުށަހަޅާފައި

ކުއްލި ނުރައްކަމުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑުހުޅު ނައްޓާލި ކަމަށާއި، އަދި އޭނާ ބިންް މައްޗަށް ވައްޓާލުމުން ޝަހީމްގެ ކަކުލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޝަހީމްގެ އަންހެނުން މިނާމް މުހައްމަދު ބުނީ ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑު ހުޅު ނައްޓާލާފައިވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެކަމަށް ޝަހީމަށް ފަރުވާ ނުދިން ކަމަށެވެ. ކޮނޑުހުޅު ނައްޓައިގެން ދިއުމުން، އެޅުވީ ވެސް ޝަހީމް އަމިއްލަ އަށް ކަމަށް މިނާމް ބުންޏެވެ. ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ޝަހީމް އާޓިފިޝަލް ބީޗް ތެރެއަށް ވައްޓާލި ގޮތުން ބިން މަތީގައި ޖެހުނީ އޭނާގެ ވާތު ފައިގެ ކަކޫ ކަމަށާއި އެ ކަކުލަކީ ކުރިން އޮޕަރޭޝަނެއް ކޮށްފައި ހުރި ކަކުލަކަށް ވުމުން ބިންމަތީގައި ޖެހުނު ގޮތުން ދުޅަވެފައިވާ ކަމަށް ވެސް މިނާމް ބުންޏެއެވެ. ނަމަވެސް އެކަމަށް ވެސް ފަރުވާއެއް ދީފައި ނެތް ކަމަށް އޭނާ ބުންޏެވެ.

ޝަހީމް ހައްޔަރުކުރުމަށް ފަހު، ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ދޫނިދޫން ގުޅައި، ޝަހީމްގެ މެޑިކަލް ރިޕޯޓްތައް ގެނެސްދިނުމަށް އެދެމުން އެކަން ކޮށްފައިވާނެ ކަމަށާއި  އެހެންނަމަވެސް މާލެ ގެނެސް ކަށީގެ ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި ދޫނިދޫގައި ހުންނަ ޑޮކްޓަރަށް ދެއްކުމަށް ފަހު ފަރުވާއަކަށް ދީފައިވަނީ ދަތުކަނޑުވާ ބޭސް ކަމަށް މިނާމް ފާހަގަކުރިއެވެ.

ޝަހީމްގެ ކަކުލުގެ މައްސަލަ ހުރުމުން އޮޕަރޭޝަން ކުރަންޖެހޭކަން އޭނާގެ މެޑިކަލް ރިޕޯޓްތަކުން ސާފުވާނެ ކަމަށާއި، ޝަހީމާއި ހަވާލުކުރުމަށް ކަކުލުހުޅުގައި އަޅުވާ ގާޑެއްވެސް ފުލުހުންނާ ހާވާލުކުރުމުން އެ ވެސް ހަވާލު ނުކުރާ ކަމަށް މިނާމް ބުންޏެވެ.

އެހެންވެ، އިންސާނިއްޔަތާ ހިލާފު މި އަމަލުތައް ބަލައި ދިނުމަށް އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނާމް ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް