ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 22:24
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް
އެމްޑީޕީ
ކުއްލި ނުރައްކަލުގެ ހާލަތު
އަދުހަމް ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
އަދުހަމް ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު
އޭނާ ޑިމާންޑްކުރަނީ ޑޮކްޓަރަށް ދައްކައިދޭން
ހައްޔަރު ކުރެވޭ މީހުންނާމެދު ފުލުހުން ޢަމަލު ކުރާގޮތް އިސްލާޙް ކުރަން ޖެހޭ

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އަދުހަމް ދޫނިދޫގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށުމާއި ގުޅިގެން އާދީއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދުހަމް ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ދޫނިދޫގައި ބަންދުގައި ހުންނެވި އަދުހަމް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ފެށީ އަދުހަމް ލިބެންޖެހޭ ޙައްގުތައް ހޯދުމުގެ ގޮތުން ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދުހަމްގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދަނީ އޭނާގެ ދަތުރުގެ ފަރުވާއަކަށް އެދުމުން އެކަން ކޮށްދީފައިނުވާތީ އެކަމަށް އެދިގެން ކަމަށެވެ.  އޭނާ ނުކައި ހުންނަން ފެށީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމަށް ފަހު މީހުން ހައްޔަރުކުރުމުގައި "ހަމައެއް ލަމައެއް ނެތް" ކަމަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިނުދޭ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހްމަދު އަދުހަމް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނީ ބޭސްފަރުވާގެ ހައްގު ނުލިބިގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޖަލުގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމަކަށްވާއިރު އެކަން ދައުލަތުގެ ކަމާ ގުޅުހުން ހުރި ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.

އަދުހަމް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި "ވޯމްއަޕް" މުޒާހަރާއަށް ތައްޔާރުވަމުންދަނިކޮށް އެމްޑީޕީގެ ހަރުގެ ތެރެއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް