ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 20:30
ރިޔާޒާއި ޝާހިދު ހައްޔަރުކޮށްގެން ގެންދަނީ
ރިޔާޒާއި ޝާހިދު ހައްޔަރުކޮށްގެން ގެންދަނީ
ރާއްޖެ އެމްވީ
ޢަބްދުﷲ ރިޔާޒް
އަޅުގަނޑު މިހުރީ ގަދަކޮށް. އަދި އެއްވެސް ސުވާލެއް ނުކުރޭ:ރިޔާޒް
އަދި އެއްވެސް ތުހުމަތެއް ނުކުރޭ
ހައްޔަރު ކުރެވޭ މީހުންނާމެދު ފުލުހުން ޢަމަލް ކުރާގޮތް އިސްލާޙް ކުރަން ޖެހޭ
ރިޔާޒް ހައްޔަރު ކުރީ އެސްއޯއީގެ ދަށުން ކަމަށް ވަނީ ބުނެފައި

ޖަލުގައި ބަންދުކުރި ނަމަވެސް ހުންނެވީ ސާބިތު ކަމާއެކު ގަދަކޮށް ކަމަށާއި އަދި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ކުރިން ޕޮލިސް ކޮމިޝަނަރކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒް ޤާނޫނީ ވަކީލުން މެދުވެރިކުރައްވާ ވިދާޅުވި ހައްޔަރު ކުރެވޭ މީހުންނާމެދު ފުލުހުން ޢަމަލް ކުރާ ގޮތުގައި އިސްލާޙް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އިއްތިހާދުގެ ވެރިކަމުގައި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.

އަދި ރިޔާޒް ހުންނެވީ ގަދަކޮށް ކަމަށާއި މިހާތަނަށް އެއްވެސް ތުހުމަތެއްކޮށް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

ރިޔާޒް މިހެން ވިދާޅުވެފައި މިވަނީ ހައްޔަރުކުރެވޭ މީހުންނަށް އަނިޔާކުރުމުގެ އިތުރުން ބަންދުކޮށްފައި މީހުން ބޭތިއްބުމުގައި އެމީހުންނަށް ލިބިދޭ އަސާސީ ބައެއް ޙައްޤުތަކުން މަހްރޫމް ކުރާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

މީގެ އިތުރުން އެއްތާކުން އެއްވަގުތެއްގައި ބަންދު ކުރެވޭ މީހުންނާމެދު ކުރެވޭ ކުށުގެ ތުހުމަތު ތަފާތުކަން ވެސް ދަނީ ފެންނަމުންނެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ސޯސަން މަގުގައި ހުންނަވަނިކޮށެވެ. ރިޔާޒުގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އެއްތަނަކުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގައި އިސްކޮށް އުޅުއްވާ އެ ދެ މެމްބަރުން ހައްޔަރު ކުރީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ސަރަހައްދުން ހުކުރު ދުވަހުގެ ހަވީރުއެވެ. ނަމަވެސް ޝާހިދު ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންކަމަށް ބުނެ ދޫކޮށްލާފައި ވާއިރު އެސްއޯއީގެ ދަށުން ހައްޔަރުކުރިކަމަށް ބުނެ ރިޔާޒް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް