ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 18:35
ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ޑރ ޖަމީލު
މުޒާހަރާތަކެއް ނުހުއްޓުވޭނެ، ސަރުކާރު ނިމުމަކަށް ގެންނާނަން: ޑރ. ޖަމީލް
ސަރުކާރުން ބޭނުންކުރަނީ ހާލަތާއި ނުބައްދަލު ބާރު
ރިޔާޒާ މަހުލޫފް ހައްޔަރުކުރީ ގޮތް ހުސްވެގެން
މާޗް 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ވަނީ ރާވާފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ނުހުއްޓުވޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މި ގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ގޮވާލައި މާޗް 16 ވަނަ ދުވަހު ރައްޔިތުންގެ ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަށް އެނގެނީ ހަމައެކަނި ރައްޔިތުންނާއި ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލް ވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހޮނިހިރު ދުވަހުގެ ރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވުމަށް ރާވަމުންދާ ބޮޑު އެއްވުން މިމަހު 16 ވަނަ ދުވަހު ބޭއްވުމަށް ޕާޓީތަކުގެ އިސް ލީޑަރުން މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް