ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 18:08
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިސައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިސައިން
އަޒުމޫން އަހުމަދު
ހުޅުމާލެ ތަރައްގީ ކުރުން
ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަން 5 ބްރިޖް އަޅާނެ ބަޔަކު ހޯދަނީ
އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ
ބިޑް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން ލޯނު އެހީގައި

 ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ސަރަހައްދު ގުޅާލަން އަޅާ ބްރިޖްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ބްރިޖްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާއިރު، އޯވަހެޑް ބްރިޖްތައް ހުންނާނެ ގޮތުގެ ޑިޒައިނެއް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީން ކުރި އިއުލާނެންގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ފަސް ބުރިޖްއަޅަން ޖެހޭ ކަމަށެވެ. ފަސް ބުރިޖް އެޅުމަށް ޝައުގުވެރިވާ ފަރާތަކުން ބިޑް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުންޏެއެވެ.

އަދި މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން ލޯނު އެހީގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް