ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 09:09
އެމްޑީޕީ ހަރުގެއަށް ފުލުހުން ގެއްލުންތަކެއް ދީފައި
އެމްޑީޕީ ހަރުގެއަށް ފުލުހުން ގެއްލުންތަކެއް ދީފައި
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީ ހަރުގެއަށް ވަދެ ގެއްލުންތަކެއް ދީފި
އެމްޑީޕީ ހަރުގެއަށް ގެއްލުންދިނީ އެސްއޯ ފުލުހުން
ދޮރެއް ވައްޓާލައި، ބައެއް ތަކެއްޗަށް ގެއްލުންދިން
އެކަންކޮށްފައި ވަނީ ހަރުގޭގައި ތިބި މީހުން ނެރެލުމަށްފަހު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހިންގާ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ، ގެއްލުންތަކެއް ދީފިއެވެ.

އެސްއޯ ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ ގެއްލުން ދީފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ހަރުގެ ކުރިމަތީގައި ކުރިއަށް ދިޔަ އެއްވުން ރޫޅާލުމަށް ފަހުއެވެ. ހަރުގޭގެ އަޑުގަދަ ކުރާ ނިންވާލުމަށް ކަމަށް ބުނެ، އެސްއޯ ފުލުހުން ހަރުގޭގެ ދޮރެއް ވައްޓާލައިގެން ވަދެ، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން ކަމަށް، ހަރުގެ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުން ބުންޏެވެ. 

އެ މެމްބަރުން ބުނި ގޮތުގައި ހަރުގޭގެ ތަކެއްޗަށް ގެއްލުން ދިނީ އެތަނުގައި ތިބި މީހުންނާއި ނޫސްވެރިން ވެސް ނެރުމަށް ފަހު އެވެ.  ހަރުގޭގެ ސައުންޑް ސިސްޓަމްގެ ކޭބަލްތައް ފުލުހުން އުފުރާލައި، ސިސްޓަމް ގާއިމުކޮށްފައިވާ ތަނުގެ ދޮރަށް ވެސް ގެއްލުންތަކެއް ދީފައިވާ ކަމަށް ބުނެ އެވެ. 

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައި ވަނީ ކޯޓުއަމުރަކާ ވެސް ނުލައެވެ. 

ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެ އުޅުމުގެ ހައްގު ހިފަހައްޓާފައި އޮތަސް، ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި ކޮންމެ ދުވަހަކު ވެސް ރައްޔިތުން އިހްތިޖާޖުކުރަމުންދެ އެވެ. ސިޔާސީ ހަރަކާތްތައް ރޭގަނޑު 10:30 ފަހުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީގައި އިހްތިޖާޖުތައް ބާއްވަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް