ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 22:00
އަބްދުﷲ ޝާހިދު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާ ސަލާމް ކުރައްވަނީ: އަބްދުﷲ ޝާހިދު ވަނީ ދޫކޮށްލާފައި
އަބްދުﷲ ޝާހިދު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާ ސަލާމް ކުރައްވަނީ: އަބްދުﷲ ޝާހިދު ވަނީ ދޫކޮށްލާފައި
ރާއްޖެ އެމްވީ
އަބްދުﷲ ޝާހިދު
މެމްބަރު އަބްދުﷲ ޝާހިދާއި ލަތީފާއި އިތުރު ބަޔަކު ދޫކޮށްލައިފި
އަބްދުﷲ ޝާހިދު ހައްޔަރުކުރީ ހުކުރު ދުވަހު މުޒާހަރާ ތެރެއިން
ލަތީފު ހައްޔަރުކުރީ މާވެޔޮމަގު ކައިރިން
އަބްދުﷲ ރިޔާޒް އަދި ދޫކޮށްނުލާ

އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި އިތުރު ބަޔަކު ދޫކޮށްލައިފި އެވެ. 

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ބޭތިއްބެވުމަށް ފަހު ދޫކޮށްލާފައިވާ އިތުރު މީހުންގެ ތެރޭގައި އެމްޑީޕީގެ ޔޫތްވިންގގެ ރައީސް މީކާއިލް ނަސީމާއި އެމްޑީޕީގެ އެކްޓިވިސްޓް ނައީމާ މުހައްމަދާއި އެމްޑީޕީގެ ޔޫތުވިންގ ގެ މެންބަރު ރިފްގާ ޝިހާމާއި ފާތިމަތު ނަޝްވާ ވެސް ހިމެނެ އެވެ. އެ އެންމެންވެސް ދޫކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. 

އަބްދުﷲ ޝާހިދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް ހައްޔަރުކުރީ ހުކުރު ދުވަހުގެ މުޒާހަރާގެ ތެރެއިން އިބްރާހިމް މިސްކިތް ކަންމަތިންނެވެ. ލަތީފު ހައްޔަރު ކުރީ މާވެޔޮމަގާއި މަޖީދީމަގާ ގުޅުނު ކަންމަތިންނެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އެހެން ކަމުން އޭނާ އަދި ދޫކޮށްނުލަ އެވެ.

ޝާހިދުއާއި ލަތީފް ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތުގަ އެވެ.

އަބްދުﷲ ޝާހިދު މިނިވަންވުމާއެކު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިނުވާނެ ކަމަށާއި ހައްޔަރު ކުރީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުން ކުރައްވަމުން ގެންދަނިކޮށް ކަމަށެވެ. އަދި ދޫނިދޫއަށް ގެންގޮސް ބަޔާނެއް ނެގި ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ކުއްލި ނުރައްކާ އިއުލާން ކުރިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި އިހުތިޖާޖުތަކުގައި މީހުން ހައްޔަރުކުރެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ ހައްޔަރުކުރާ މީހުން 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރާކަށް ނުޖެހޭނެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް