ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމުކޮށްގެން ހުކުރު ދުވަހު ހަވީރު މާލޭގެ މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖު ހޮނިހިރު ދުވަހުގެ ހަވީރު ވެސް އޮންނާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީ އިން ބުނީ އުއްތަމަ ފަނޑިޔާރު ހިމެނި ވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލުމާއި، ރައީސް އަބްދުﷲ ޔާމީން ދިނުމަށް ގޮވާލާ، ބާއްވާ އިހުތިޖާޖު ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހެކޭ އެއްފަދަ އިން ހޮނިހިރު ދުވަހުގެ ހަވީރު 16:30 އިން ފެށިގެން ކުރިއަށް ދާނެ ކަމަށް ވެސް އެމްޑީޕީ އިން ބުނެއެވެ.
5 Fandiyaarunge Hukum Thanfeez kurey! Yameen Isthiufaa!#Ihuthijaaj huttumeh nethi 3/3 (Sat) haveeru 4:30 gai Majeedhee Magu gai kuriah dhaane
— MDP Secretariat (@MDPSecretariat) March 2, 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް މަޖީދީ މަގަށް ނިކުތުމެ އިހުތިޖާޖުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އިންތިޒާމުކޮށްގެން ހުކުރު ދުވަހު ހަވީރު ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު އެ މަގަށް ނުކުމެ ބައިވެރިވެފައިވެއެވެ. ހުކުރު ދުވަހުގެ ހަވީރާއި އެރޭ ކުރި މުޒާހަރާ އިން ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބައެއް ބޭފުޅުންނާއި ބައެއް އާއްމު ރައްޔިތުން ވެސް ހައްޔަރު ކޮށްފައި ވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުރަސް އަޅަމުންދާއިރު، ސަރުކާރު ހިންގާ ޕާޓީން އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ހަރަކާތްތައް ހިންގަމުންދާއިރު، ސިފައިނާ ފުލުހުންގެ އެހީތެރިކަން ސަރުކާރު ހިނގާ ޕީޕީއެމަށް ލިބޭއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ޖެއްސުން ކުރުންތަކާއި އަނިޔާވެރި އަމަލުތައް ވެސް ދަނީ ފެންމަތި ވަމުންނެވެ.