މުޒާހަރާތައް ރޫޅާލަން އުޅުނު، ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް އާންމު ތަނަކަށް ކުޑަކަމުދާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މީޑިއޯތަކުން ފެންނަނީ ހީނާމާގޭ ޕާކިން ޒޯން ހިމެނޭ ސަރަހައްދަށް ފުލުހުންތަކެއް ކުޑަކަމުދާ މަންޒަރެވެ. ފުލުހުންތަކެއް ކުޑަކަމުދާ ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
އާންމުވެފައިވާ އެއް ވީޑިއޯއިން ފެންނަނީ ފުލުހަކު ކޮޅަށް ހުރެ ކުޑަކަމު ދާން އުޅޭއިރު، އޭނާގެ ވަށައިގެން އެސްއޯ ފުލުހުންތަކެއް ތިބޭ މަންޒަރެވެ. އަދި އެ މަންޒަރު އާންމު ބަޔަކަށް ފެނިދާނެތީ ވަށައިގެންވާ އިމާރާތްތަކަށް ބަލައި، ހޯދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
Aanmu thanakah Fuluhun kudakamu dhanee. Aanmuthaneh gai Kolhah thibe, kudakamu dhiyumakee kon fadha huthuru kameh! pic.twitter.com/HZEWiZz5ob
— Haggu Bas (@haggubas) March 2, 2018
އާންމުވެފައިވާ ދެ ވަނަ ވީޑިއޯ އިން ފެނިގެންދަނީ ހީނާމާގޭ ޕާކިން ޒޯނުގައި ތަރައްގީ ކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްގެ ފުރަގަހަށް އެސްއޯ ފުލުހަކު ގޮސް ކުޑަކަމުދާ މަންޒަރެވެ. އެ މަންޒަރު ވީޑިއޯކުރި މީހާ ދިޔައީ ފުލުހުން ކުރަމުންދިޔަ ކަންތައްތައް ކިޔައިދެމުންނެވެ. ވީޑިއޯ އިން އަޑު އިވިގެންދަނީ "އެސްއޯ މީހުންގެ ފާހާނާއަކަށް" ހީނާމާގޭ ޕާކިން ޒޯން ހަދާފައިވާ ކަމުގެ ވާހަކައެވެ.
Henamage @MMuizzu carparking bidhah SO kudagifili kurathakah badhaluvehje. Mee muizzu 2faidhandiyah heeslunfadha kameh mikuranee. pic.twitter.com/PpjIlcaKcH
— Nazimbe Ahmed (@NazimbeAhmed) March 2, 2018
ފުލުހުންގެ ޔުނީފޯމުގައި ތިބެ، އާންމުތަކަނަށް އެސްއޯ ފުލުހުންތަކެއް ކުޑަކަމުދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން، އެސްއޯ ފުލުހުންގެ އަހުލާގީ ފެންވަރު ދަށް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުލުހުންނަށް ދަނީ ފާޑުކިޔަމުންނެވެ. މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން ހަޑިހުތުރު ބަހުރުވައިން މުއާމަލާތްކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. އަދި ފުލުހުން ހައްޔަރު ކުރާ މީހުންނަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މީގެ ކުރިން ވަނީ އާންމުވެފައެވެ.
އެސްއޯ ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން، އެ ފުލުހުންގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ދަނީ ހުށަހަޅަމުންނެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަކިވަކި ފުލުހުންގެ މައްސަލަތައް ބެލަމުންދާ ކަމަށް ބުނި ނަމަވެސް، އެ ފުލުހުންނާ މެދު އަޅާ ފިޔަވަޅުތައް އާންމެއް ނުކުރެއެވެ.