ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފިއެވެ.
މިހާރު ނޫހުގައި ހާމަކޮށްފައިވާ ގޮތުން ރައީސްގެ ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު ވަނީ ލިބިވަޑައިގެންފައެވެ. ދަރިކަނބަލުންނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ ހުކުރު ދުވަހު ތައިލެންޑްގައެވެ.
ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ތައިލެންޑަށް ހުކުރު ދުވަހުގެ ވަގުތެއްގައި ފުރާވަޑައިގެންފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެން ފުރަތަމަ ކާފަ ދަރިކަލެވެ. ރައީސް ޔާމީނުގެ ތިއްބަވަނީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލެކެވެ.
ސޯޝަލް މީޑިއާގައި މަޖިލީސް މެންބަރުންނާއި އާންމު ރައްޔިތުން ދަނީ ރައީސްގެ ދެމަފިރިކަނބަލުންނަށް މަރުހަބާ ދަންނަވަމުންނެވެ.
Congrats to HEP Yamin and First-lady Madam Fathumath Ibrahim.
— Ahmed Nihan (@ahmed_nihan) March 2, 2018
Happy “Kaafa” and “Maama” pic.twitter.com/56GXlbcDVY