މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފު މަގާމުން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީއަށް ވަނީ އާސިފު ވަކިކޮށްފައިވާ ލިޔުމުގެ ކޮޕީއެއް ލިބިފައެވެ.
އޭނާ ވަކިކޮށްފައި ވަނީ މާޗްމަހުގެ 1 ވަނަދުވަހުގައި ކަމަށް އޭނާއަށް ދީފައިވާ ލިޔުމުގައި ވަނީ ބުނެފައެވެ.
ކަމިޝަނރ އޮފް ޕްރިޒަންސް އަހުމަދު ޝިނާން ސޮއިކުރައްވާފައިވާ އެ ލިޔުމުގައި ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ކަމިޝަނަށް ސީދާ ރިޕޯޓްކުރާ ކަމިޝަންޑް އޮފިސަރެއްގެ ހައިސިއްޔަތުގައި ހުރެގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވައިދުގެ 85 ވަނަ މާއްދާގެ (ށ)ގެ 7،15،16ގައި ބަޔާންކޮށްފައިވާ އަމަލު ކުރުމާ އެކު އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވައިދުގެ 86 ވަނަ މާއްދާގެ (ކ)ގެ ދަށުން ވަޒީފާ އިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމުން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާސިފް ވަކިކުރީ އެއްވެސް ތަހުގީގު ކުރުމެއް ނެތިއެވެ.