ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 19:35
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް - އޭނާ ވަނީ ދެ ވަނަ ފަހަރަށް ސަސްޕެންޑްކޮށްފަ
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް - އޭނާ ވަނީ ދެ ވަނަ ފަހަރަށް ސަސްޕެންޑްކޮށްފަ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފި
 
މިމަހުގެ ތެރޭގައި ޝަމީމް ވަނީ ސަސްޕެންޑްވެސްކޮށްފަ
 
ޝަމީމްގެ އިތުރުން އަލީ ހުސެއިން ވެސް ކޯޓަށް ހާޒިރުވުމަށް އަންގާފައިވޭ
 
އަމުރުގައިވަނީ ކޯޓުގެ ބޭނުމަކަށް މާރިޗު މަހުގެ އެއް ވަނަ ދުވަހުގެ 13:30 އެ ކޯޓަށް ހާޒިރުވުމަށް އަންގާކަމަށް

ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވުުމަށް، އެ ކޯޓުން އަމުރުކޮށްފި އެވެ. 

 

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި އަމުރުގައި ބުނެފައިވަނީ އެ ކޯޓުގެ ބޭނުމަކަށް މާރިޗު މަހުގެ 4 ވަނަ ދުވަހުގެ 13:30 އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. 

 

ޝަމީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވެސް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފަ އެވެ. 

 

ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު ޝަމީމްގެ ސަސްޕެންޝަން އުވާލާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ހަމަ މި މަހުގެ ތެރޭގައި ޝަމީމް ވަނީ އަނެއްކާ ވެސް ސަސްޕެންޑްކޮށްފަ އެވެ. ޝަމީމް ސަސްޕެންޑްކޮށްފައި ވަނީ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ. 

 

ޝަމީމްއަކީ ސިޔާސީ ގިނަ ބޭފުޅުންގެ ފަރާތުން ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން އެންމެފަހުން ޝަމީމް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވަކީލެއްގެ ގޮތުގަ އެވެ. އޭގެކުރިން ޤާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައިވެސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ވަކީލުންގެ ޓީމުގައި ވެސް ޝަމީމް މަސައްކަތްކުރެއްވި އެވެ. ޝަމީމް ވަނީ މީގެކުރިން ބަންޑާރަ ނައިބްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް