ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 19:20
ފާރިސް ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ
ފާރިސް ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާރިސްގެ މައްސަލަ
ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރާ ޝަހްސު އޮޅުވާލުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
 
ފާރިސްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމާ ސަރުކާރު ވައްޓާލަން އުޅުކަމުގެ ތުހުމަތުތައްވެސް ކޮށްފައި
 
އެންމެފަހުން ހައްޔަރު ކުރީ ފެބްރުއަރި އަށް ވަނަ ދުވަހު
 
ފާރިސް ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވޭ

ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރާ ޝަހްސު އޮޅުވާލުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ކްރިމިނަކް ކޯޓުގެ ވެބްސައިޓްގައި އެކަން ފާހަގަ ކޮށްފައިވާ އިރު އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ. ފުލުހުން އޭނާ ދޫކޮށްލާފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ.

ފާރިސް ދޫކޮށްލާފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 27 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި ގުޅިގެންނެވެ.

މަޖިލީސް މެންބަރުންނަށް ރިޝްވަތު ބެހި ކަމަށް ބުނާ މައްސަލައެއްގައި ފާރިސް ހަ މަހަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ބަންދުގައި ހުރުމަށް ފަހު އޭނާ ދޫކޮށްލީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

27 ޖެނުއަރީގައި އޭނާ ހައްޔަރު ކުރީ ރިޝްވަތުގެ މައްސަލައިގެ އިތުރަށް މަޖިލީސް މެންބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތުގަ އެވެ.

އެދުވަހު ފުލުހުންވަނީ އޭނާ ހައްޔަރު ކުރުމުގެ  ކުރިން ފާރިސް ދިރިއުޅޭގެ މ. ސްނޯރޯސް ވެސް ބަލާ ފާސްކޮށްފަ އެވެ. އޭގެ އިތުރަށް ރައީސް މައުމޫންގެ ގެ މ. އެންދެރިމާގެ ވެސް ފުލުހުން އެފަހަރު ވަނީ ބަލާ ފާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް