ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 18:40
ނޯތު ކޮރެއާގެ ބޯޓަކާއި މުއާމަލާތްކުރި ރާއްޖޭގެ ދިދަޖެހި ބޯޓް
ނޯތު ކޮރެއާގެ ބޯޓަކާއި މުއާމަލާތްކުރި ރާއްޖޭގެ ދިދަޖެހި ބޯޓް
ޖަޕާން - މިނިސްޓްރީ އޮފް ޑީފެންސް
ރައީސް އޮފީސް
ތެޔޮ ބޯޓްގައި ބޭނުންކޮށްފައިވަނީ ރާއްޖެއަށްދީފައިވާ ކޯޑް، ނަމަވެސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ރައީސް އޮފީސް
 
މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީ އިން ދިވެހިރާއްޖެއަށް ދީފައިވަނީ 455 އިން ފެށޭ ނަމްބަރު
 
އިންޓަނޭޝަނަލް މެރިޓައިމް އެޖެންސީން ހާމްކޮށްފައިވާގޮތުގައި "ޝިން ޔުއާން"ގެ އެމް.އެމް.އެެސް.އައި ނަމްބަރަކީ 455123170
 
ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ނުބައި އެމް.އެމް.އެސް.އައި ނަމްބަރެއް

"ޝިން ޔުއާން"ގެ ނަމުގައި ދަތުރު ކުރަމުންގެންދާ އުޅަނދުގެ މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީ (އެމް.އެމް.އެސް.އައި) ނަންބަރުގެ ގޮތުގައިވާ ނަމްބަރުގައި ބޭނުން ކޮށްފައިވަނީ ދިވެހިރާއްޖެއަށް ދީފައިވާ ކޯޑު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ. 

 

ރައީސް އޮފީހުން އާންމު ކޮށްފައިވާ ބަޔާނެއްގަިއ ބުނެފައިވަނީ "ޝިން ޔުއާން"ގެ ނަމުގައި ދަތުރު ކުރަމުންގެންދާ އުޅަނދުގެ މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީ (އެމް.އެމް.އެސް.އައި) ނަންބަރުގެ ގޮތުގައި ބޭނުންކުރަމުންދާ 455910000 އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރެއް ނޫންކަން ދިވެހި ސަރުކާރުން ޔަޤީން ކޮށްދެއްވާކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ އެމް.އެމް.އެެސް.އައި ނަމްބަރަކީ ޝިން ޔުއާންގެ އެމް.އެމް.އެެސް.އައި ނަމްބަރެއް ނޫނެވެ. އިންޓަނޭޝަނަލް މެރިޓައިމް އެޖެންސީން ހާމްކޮށްފައިވާގޮތުގައި "ޝިން ޔުއާން"ގެ އެމް.އެމް.އެެސް.އައި ނަމްބަރަކީ 455123170 އެވެ. 

 

ރައީސް އޮފީހުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެމް.އެމް.އެސް.އައި ނަންބަރަކީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު މުއާސަލާތް ކުރުމަށާއި އުޅަނދު ދެނެގަތުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރާ 9 އަކުރު ހިމެނޭ ނަންބަރެއް ކަމަށެވެ. އަދި މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީ އިން ދިވެހިރާއްޖެއަށް ދީފައިވަނީ 455 އިން ފެށޭ ނަމްބަރު ކަމުގައި ވީނަމަވެސް "ޝިން ޔުއާން" ގައި ބޭނުން ކުރަމުންދާ ނަންބަރު 455910000 އަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާކަން ރެކޯޑްތަކުން އެނގެން އޮތް ނަންބަރެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

 

ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުން ކުރާ މި ނަންބަރު ރަޖިސްޓްރީކޮށްދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން އެނގޭ ލިޔުންތައް އެ އޮތޯރިޓީއަށް ހުށައެޅުމުންކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
25%
0%
0%
25%
0%
50%
ކޮމެންޓް