ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 17:09
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން
މުހައްމަދު ޝަރުހާން
އަލީ ޙުސައިން
އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
 
ސުޕްރީމް ކޯޓުން ކުރިން ވަނީ އަލީ ޙުސައިން ސަސްޕެންޑްކޮށްފަ
 
ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް
 
ހާޒިރުވާންޖެހެނީ މާޗް 4 ގައި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އަލީ ޙުސައިންއަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ކޯޓަށް ޙާޒިރުވުމުގެ އަމުރުގައި އަންގާފައިވަނީ، މި މާރިޗު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:30 އަށް އެ ކޯޓަށް ހާޒިރުވުމަށެވެ. އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރުކުރާ ސަބަބުގެ ތަފްޞީލެއް އެ ކޯޓު އަމުރުގައި ބަޔާންކޮށްފައި ނުވާއިރު، ޙާޒިރުކުރާ ބޭނުމެއްގެ ގޮތުގައި ހަމައެކަނި ބަޔާންކޮށްފައިވަނީ، އަލީ ޙުސައިން ހާޒިރުކުރަން ބޭނުންވަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށެވެ.

އަލީ ޙުސައިން ވިދާޅުވީ، ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ކޮން މައްސަލައެއްގައިކަން އެނގިނުލައްވާ ކަމަށެވެ.

އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ނިންމާފައިވާއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ސަސްޕެންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
20%
0%
40%
0%
40%
ކޮމެންޓް