ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 16:51
ވީމީޑިއާ ސްޓޭޝަން
ވީމީޑިއާ ސްޓޭޝަން
ވީނިއުސް
ޖޫރިމަނާ ކުރުން
ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
 
30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަންޖެހޭ

ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ވީމީޑިއާ ގުރޫޕް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވާކަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވީމީޑިއާ އަށް އަންގާފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ބްރޯޑްކޮމް އިން ވީމީޑިއާ ޖޫރިމަނާ ކޮށްފައިވަނީ ގުޅިފައިވާ ޕާޓީ ތަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅުގައި ބޭނުންކުރެއްވި އެންމެ ބަހެއްގައި ހިފައިގެން ކަމަށާއި މުސްތަފާ ބޭނުންކުރެއްވި އިބާރާތަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީހެއްގެ އަބުރާ ބެހެވޭ ފަދަ އިބާރާތެއް ކަމަށް ބްރޯޑްކޮމް އިން ގަބޫލުކޮށްފައިވާތީ އެ ބަސް ހަބަރުގައި ހިމަނާފައިވާތީ ކަމަށް ވީޓީވިން ބުންޏެވެ.

މިޖަލްސާ ވީމީޑިއާގެ ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އިން ބްރޯޑްކާސްޓް ކޮށްފައިވާތީ ޖޫރިމަނާކޮށްފައިވަނީ ވީޓީވީ ދެލައްކަ ރުފިޔާ އިން އަދި ވީއެފްއެމް ދެ ލައްކަ ރުފިޔާއާ އެކު، ޖުމްލަ ހަތަރު ލައްކަ ރުފިޔާ އިންނެވެ.

ވީމީޑިއާ އިން ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި އެ ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ ދެވަނަ ނަންބަރާ ވީމީޑިއާ އިން ހިލާފުވި އިބާރާތް ނުވަތަ ލަފުޒަކީ ކޮބައިކަން ކޮމިޝަނަށް ސާފުކޮށް ބުނެދެވިފައި ނުވާތީ އެކަން އަންގައިދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް ވީމީޑިއާ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އެކަން އަންގައި ދިނުމަކާ ނުލައެވެ.

ވީމީޑީއާ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ވެސް ދައްކަން އަންގާފައިވަނީ މިހިނގާ މާޗް މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް