ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 14:58
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން
މިހާރު
އެންއައިސީއަށް ސުލައިމާން
ސުލައިމާނަކީ ރައީސް ޔާމީންގެ ޕަޕެޓެ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
 
އިދިކޮޅު ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ހުރަސް އަޅާ، ގާނޫނާ އެއްގޮތަށް ފައިސާ ވެސް ދޫކޮށްފައެއް ނުވޭ
 
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޕީޕީއެމްއަށް ތައްޔާރު ނުވެވިގެން ތަކުރާރުކޮށް ފަސްކުރި
 
އީސީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި އަހުމަދު ސުލައިމާނަކީ އެމަނިކުފާނު ބޭނުންވާހާ ގޮތެއް ހައްދަވަން ހުންނެވި "ޕަޕެޓެއް" ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ ސުލައިމާނަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ހުންނެވި އަދި 60،000 އަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ހައްގުތަކެއް ގާނޫނުއަސާސީ ގާނޫނުތަކާ ހިލާފަށް ނިގުޅައިގަނެފައިވާ ފަރާތެއް ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ސުލައިމާނު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ސަރުކާރުން ކޯލިޝަން ޕާޓީތައް ފިޔަވާ އެހެން ސިޔާސީ ޕާޓީތަކަށާއި އެޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ޖެންސުންކޮށް، ސިޔާސީ ޕާޓީތަކަށް ގާނޫނުން ލާޒިމްކޮށް، ދޭންޖެހޭ ފައިސާ އޭނާ ހުންނެވި ދުވަސްވަރު ގާނޫނާ އެއްގޮތަށް ދޫކޮށްފައި ނުވާ ކަމަށް ވެސް އެޕާޓީތަކުން ބުނެއެވެ.

މީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ އިންޓެގްރިޓީ (ނަޒާހަތްތެރިކަން) ގެއްލިފައިވާ އެފަދަ ފަރާތެއް، އިންޓެގްރިޓީގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަން ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިން ސުލައިމާނަކީ ރައީސް ޔާމީން އިސްވެހުންނަވައިގެން އުފެއްދެވި ޕީޕަލްސް އެލަޔަންސްގެ އިސް ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނި، ރައީސް ޔާމީންގެ ވެރިކަމުގައި އެލެކްޝަންސް ކޮމިޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރެވިގެންދިޔައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި ސުލައިމާންއަށް ރަނގަޅަށް އިންތިހާބެއް ނުބޭއްވުނު ތާނގައި، ލިބިގެންނުވާ ބާރެއްގެ ބޭނުންކޮށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނު ހިލާފަށް ސުލައިމާނާއި އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ ބޮޑެތި ޖަރީމާތައް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.

ސުލައިމާނުގެ ރައީސް ކަމުގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެތައް ފަހަރަކު ލަސްކޮށްފައި ވެއެވެ. އެ އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ދުވަސް ފަހަނައަޅައި ދިޔަ އިރު ވެސް އެ އިންތިހާބު ބޭއްވިފައި ނުވަނީ ސަރުކާރު ހިންގާ ޕީޕީއެމްއަށް އެ އިންތިހާބަށް ތައްޔާރު ނުވެވިގެންނެވެ.

އެހެންކަމުން މިފަދަ ބޭފުޅެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
25%
25%
0%
25%
25%
0%
ކޮމެންޓް
1 މާރޗް 2018 | ބުރާސްފަތި 11:51
ތިމަންނަ
މިއީ "ކައްޕީގެ" ރޮނޑެކެވެ. ހަން ދަމާނީ ، ދަމާނެ ކޮޅަކަށެވެ