ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 18:34
ރީކޯ މޫސާ މަނިކު ޑޭވިޑް އެމީސްއަށް ބައްދަލުކުރެއްވުން
ރީކޯ މޫސާ މަނިކު ޑޭވިޑް އެމީސްއަށް ބައްދަލުކުރެއްވުން
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު އޯލް ޕާލަމެންޓަރީގެ ޗެއަރޕަރޝަނަށް ރީކޯ މޫސާމަނިކު ދެއްވައިފި
 
ގާނޫނު ނެގެހެއްޓުމަށްކުރާ މަސައްކަތް ފާހަގަކުރެއްވި
 
ގައުމުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވި

ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ރީކޯ މޫސާ މަނިކު އޯލް ޕާޓީގެ ޕާލަމެންޓަރީގެ ޗެއަރޕަރޝަން ޑޭވިޑް އެމީސްއާ ހިއްސާކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ރާއްޖޭގެ އެމްބަސީން ކޮށްފައިވާ ޓްވީޓްގައި ވަނީ އެކަން ހާމަކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަނީ ރާއްޖޭގައި ސިޔާސީ ގޮތުން ހިނގަމުންދާ ކަންކަމުގެ ތަފްސީލު ދެއްވާފައެވެ. އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާޙަގަކުރެއްވި އެވެ.

ރާއްޖޭގެ ހާލަތާއި ގުޅިގެން އެކި ގައުމުތަކަށް މަންދޫބުން ފޮނުވައިގެން ވެސް ރާއްޖޭގެ ހާލަތު ކިޔައިދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރައްވާފަ އެވެ.

 

ޑޭވިޑް އެމީސް މީގެ ކުރިން 2016 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީންއަބްދުލް ގައްޔޫމްއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
1 މާރޗް 2018 | ބުރާސްފަތި 13:37
Rarara
Chair person essevitho nishage vaahak farivefa fonivefa dumper ga dhuvvi vaahaka dhakkaane kan yageen