ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ގެ އާއިލީ ބައްދަލުވުންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަނޑާލާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވަރަށް ބޮޑު އޮޅުވާލުމަކާއި އިތުރުފުޅެއް ހެއްދުވުމަށް ފަހުގައި ކަމަށް އާއިލާ އިން ބުނެފިއެވެ.
ޕާޕާގެ އައިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޕާއަކީ 2016 ވަނަ އަހަރު މާފުށި ޖަލަށް ގެންދެވުނީއްސުރެއް މިއަދާއި ހަމައަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައިދީ "ވީ.އައި.ޕީ" ލިސްޓްގައި ހިމަނާފައިވާ ފަރާތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ޕާޕާގެ އާއިލީ ބައްދަލުވުންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަނޑާލާފައިވާ ކަމަށެވެ.
ޕާޕާގެ އާއިލާގެ ފަރާތުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޕާ އަކީ 30 އަހަރަށް ވުރެން ގިނަ މުއްދަތަށް ދައުލަތަށް ހިދުމަތް ކޮއްދެއްވާ ރައިސުލްޖުމްހޫރިއްޔާ ޕެންޝަން ހަމަޖައްސަވާ ދެއްވާފައިވާ ފަރާތަކަށް ވީހިނދު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަންބަރު KU-2015/04 "ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ ކަމަށް ކަނޑައަޅާ ޤައިދީންނާ މެދު ޢަމަލުކުރަންވީ ގޮތުގެ އުޞޫލު"ގެ ދަށުން ޕާޕާއަށް ލިބެންޖެހޭ "އެއްވެސް" އިނާޔަތެއް މާފުށި ޖަލުން މިއަދާއި ހަމައަށް ހަމަޖެހިފައިނުވާ ހާލަތުގައި ކުއްލިއަކަށް ކުއްލި ނުރައްކަލުގެ ހާލަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަށް ޕާޕާ އަކީ ވީ.އައި.ޕީ ބޭފުޅަކަށްވެ ސްޕެޝަލް ޕްރޮޓެކްޝަން ލިބޭ ފަރާތަކަށްވެ ނުލިބޭ އިނާޔަތެއްގެ ލިސްޓެއްގެ ތެރެއަށް ލުމަށް ފަހު އެ އުޒުރު ދެއްކުމަށް ފަހު އާއިލީ ބައްދަލުވުން މެދު ކަނޑާލާފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޕާ އަކީ މި ހުރިހާ ދުވަހު ކުޑަ ގޮޅީގައި، ސާފު ބޯފެން ނުލިބޭ ހާލަތުގައި، އާދައިގެ ޖަލުކޮއްތު ކާންދެމުން އަންނަ ފަރާތަކަށް ވީހިނދު ކުއްލި ނުރައްކަލުގެ ހާލަތުގައި ޒާތީވެ އިނާޔަތްތައް މެދުކަނޑާލުމަށްޓަކައި ވީ.އައި.ޕީ ނުވަތަ ސްޕެޝަލް ޕްރޮޓެކްޝަން ލިބޭ ފަރާތަކަށް ހަދާ ޕާޕާގެ އިނާޔަތްތައް ކަނޑަލާފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ޕާޕާ އަށް އާއިލީ ބައްދަލުވުން ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ގޮވާލާ ކަމަށެވެ.