ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އިބްރާހީމް އުވައިސް އައްޔަށް ކުރުމަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ޖަޕާންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އިބްރާހީމް އުވައިސް އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއް ވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ރައީސް އަބްދުﷲ ޔާމީން ފޮނުވާފައިވާ އުވައިސްގެ ނަން ދިރާސާކޮށް، މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނާ ގޮތުން އެ ކޮމެޓީން އުވައިސްގެ ނަން ދިރާސާ ކުރުމަށް ފަހު، އުވައިސް އަށް ރުހުން ދިނުމަށް ނިންމާފައި ވަނީ އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.