ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 01:32
ޚިތާނީ ކޭމްޕްގެ އެނދު އެމްޕީއެލްގައި ތައްޔާރު ކުރަނީ
ޚިތާނީ ކޭމްޕްގެ އެނދު އެމްޕީއެލްގައި ތައްޔާރު ކުރަނީ
އަހުމަދު މުހުސިނު
މެޑަމްގެ ޚިތާނީ ކޭމްޕް
މެޑަމް ފާތުންގެ ހިތާނީ ކޭމްޕުގެ އެނދުތައް ތައްޔާރުކުރީ އެމްޕީއެލްއިންކަން ފަޅާއަރައިފި
އެނދުތައް ތައްޔާރުކުރާތަން ފެންނަނީ އެމްޕީއެލް ވޯކްޝޮޕެއްގައި
އެނދުތައް އަރުވަނީ އެމްޕީއެލްގެ ވެހިކަލް އަކަށް
އެނދުތައް އަރުވާ މީހުން ލައިގެން ތިބެނީ އެމްޕީއެލް ޔުނީފޯމް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ޞަދަޤާތު ފައުންދޭޝަނުން ކުޑަކުދިން ޚިތާން ކޮށްދިނުމަށް ބޭއްވި ޚިތާނީ ކޭމްގައި ބޭނުންކުރި އެނދުތައް ތައްޔާރުކޮށްފައިވަނީ އެމްޕީއެލްގެ ވޯކްޝޮޕެއްގައި އެމްޕީއެލްގެ މުވައްޒަފުން ލައްވާކަމަށް ބެލެވޭ ވީޑިއޯއެއް ލިބިއްޖެއެވެ.

 

Caption

ރާއްޖެ އެމްވީއަށްވެސް ލިބިފައިވާ އެދެވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ޢަދަދެއްގެ ކުދި އެނދު ވޯކްޝޮޕެއްގައި ތައްޔާރުކުރާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި ފެންނަނީ އެއެނދުތައް ވެހިކަލް އަކަށް އަރުވާ މަންޒަރެވެ.

ފެންނަ ވީޑިއޯއިން ފެންނަ މީހުން ލައިގެން ތިބެނީ އެމްޕީއެލްގެ ޔުނީފޯމެވެ. އަދި އެނދުތަކުގެ ބައިތައް ގެންގޮސް އަރުވަނީ އެމްޕީއެލްގެ ވެހިކަލްއަކަށެވެ.

 

Caption

ވޯކްޝޮޕުން ނެރޭ އެނދުތަކަކީ މެޑަމްގެ ޚިތާނީ ކޭމްގައި ބޭނުންކުރި އެނދުތަކާ އެއްވައްތަރު އެނދުތަކެކެވެ.

 

Caption

މީގެ އިތުރުން ޚިތާން ކޮށްފައި ތިބޭ ކުދިންގެ ގައިމަތިން އަޅާ ފޮތިގަނޑު އައްސާ ގިނަ އަދަދެއްގެ ދަނގަނޑު ތަކެއްވެސް އެނދުތަކާއެކު ތައްޔާރު ކޮށްފައި ހުންނަތަން ފެނެއެވެ. އެ ދަނގަޏދުތަކަކީވެސް ހުޅުމާލޭގައި ބޭއްވި މެޑަމްގެ ޚިތާނީ ކޭމްޕުގައި ބޭނުން ކުރީތީ ފެނުނު ސައިޒްގެ ހަމަ އެބައްޓަމުގެ ދަގަނޑު ތަކެކެވެ.

މި ވީޑިއޯ ލިބިފައި މިވަނީ މެޑަމްގެ ސަދަޤާތު ފައުންޑޭޝަނުން ބޭއްވި ޚިތާނީ ކޭމްޕްގައި ސަރުކާރުގެ ތަކެއްޗާއި ސަރުކާރު މުވައްޒަފުން ބޭނުންކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް