ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 17:28
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާ އެކު، މެމްބަރު ފަލާހް
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާ އެކު، މެމްބަރު ފަލާހް
ޓްވިޓަރ
ޕީޕީއެމްގެ ޖަލްސާ
ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަ ހުކުމް ނެރުއްވި ފަނޑިޔާރުން މަރާނެ: ފަލާޙް
 
އިދިކޮޅުގައި ތިބީ ދިވެހި ރައްޔިތުން ނޫން ކަމަށް ފަލާހް ވިދާޅުވި
 
ސުޕްރީމް ކޯޓުން މިނިވަންކުރަން އަމުރުކުރި މީހުނަކީ ޤައުމު ސުންނާފަތިކޮށްލާނެ މީހުންތަކެއް
 
ފަނޑިޔާރުން މަރަނީ ދުނިޔޭގެ ކޮން ޤައުމެއްގައި ކަމެއް ފަލާހް ވިދާޅެއް ނުވޭ

ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގައި ހުކުމް ނެރުއްވި ފަނޑިޔާރުން މަރާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ. 

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ދޫކޮށްލުމަށް ހުކުމްކުރި މީހުންނަކީ. އެ މީހުން މިނިވަންކޮށްފި ނަމަ ޤައުމު ސުންނާފަތިކޮށްލަފާނެ ފަދަ މީހުންތަކެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަ އެފަދަ ހުކުމެއް ނެރުނު ފަނޑިޔާރުން މަރާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. ނަމަވެސް އެއީ ދުނިޔޭގެ ކޮން ޤައުމެއްގައި އަމަލުކުރާ ގޮތެއް ކަމެއް ފަލާހް ވިދާޅެއްނުވެއެވެ. 

ފަލާހް ވިދާޅުވީ ޤައުމު ތަރައްްގީ ކުރާތީ އިދިކޮޅު ފަރާތްތަކުން ހިތާމަކުރައްވާ ކަމަށެވެ. އަދި އިދިކޮޅުގައިި ތިއްބެވީ ދިވެހި ރައްޔިތުން ނޫން ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް އިންތިހާބުގައި 2،000 ވޯޓު ވެސް ނުލިބޭނެއެވެ.

ފަލާހް ވިދާޅުވީ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް، ދޮރުތައް ބެލިކަމުގައިވިޔަސް، ރައީސް ޔާމީންގެ ސަރުކާރު އޮތީ އެއަށް ވުރެ ވަރުގަދަކޮށް ކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ ޗެނަލް 13 އަދި ޓީވީއެމް މިހާރު ނުބަލާ ކަމަށެވެ. އެގެ ބަދަލުގައި އާންމު ރައްޔިތުން ބަލަނީ ބައެއް ޓްވިޓަރ އެކައުންޓުތައް ކަމަށާއި ހާއްސަކޮށް މީހުން މިހާރު ބަލަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްފގެ ޓްވީޓްތައް ކަމަށް ފަލާހް ވިދާޅުވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
100%
0%
0%
ކޮމެންޓް
27 ފެބްރުއަރީ 2018 | އަންގާރަ 19:42
ބަނާނާ އަލިބެ
ފަލާހުގެ ވާހަކަ ހުރީ ފަލާހުހެން އެކޮޅުކޮޅުން... ރަގަޅު ކޮޅަށް ޖެހީމަ ބުނާނީ މިއީ އެހެން ޤައުމެއްނަމަ ޔާމިން މިހާރު އޮންނާނީ ސަހަރާގައޭ...