ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 18:20
މަޖިލީހުގައި ހުރި ރަޔަޓު ގިއަރުތައް އަނބުރާ ގެންދިއުމަށް ސިފައިން ހަރަކާތްތެރިވަނީ
މަޖިލީހުގައި ހުރި ރަޔަޓު ގިއަރުތައް އަނބުރާ ގެންދިއުމަށް ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މަޖިލިސް ހިސޯރުކުރުން
މަޖިލިސް އިދާރާގައި ހުރި ސިފައިންގެ ރަޔަޓު ގިޔަރުތައް އަނބުރާ ގެންގޮސްފި
ތަކެތި ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ ހަވީރު
ގިނަ އަދަދެއްގެ ބޮޑީ ވެސްޓާއި ޝީލްޑް ގެންގޮސްފައިވޭ
އަދިވެސް ސިފައިން ދަނީ މަޖިލީހުގައި ހަރަކާތްތެރި ވަމުން

ސިފައިންގެ ބާރުގެދަށަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ އިމާރާތުގެ ތެރޭގައި ހުރި ސިފައިންގެ ގިނަ އަދަދެއްގެ ރަޔަޓު ގިއަރު ސިފައިން އަނބުރާ ގެންގޮސްފިއެވެ.

ރަޔަޓު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ސިފައިންގެ ހަށިރައްކަލަށް ބޭނުންކުރާ އާލާތްތައް ވެސް ހިމެނޭ ގޮތަށް، މި ތަކެތި ސިފައިން އަނބުރާ ގެންގޮސްފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެގޮތުން ސިފައިން ވަނީ މަޖިލީހުގެ އިމާރާތްތެރޭގައި ހުރި ގިނަ އަދަދެއްގެ ބޮޑީ ވެސްޓާއި، ޝީލްޑް ފަދަ ތަކެތި ސިފައިންގެ ލޮރީއެއްގައި ގެންގޮސްފައެވެ.

މަޖިލިސްކުރާ ގޭގައި ހުރި ރަޔަޓު އާލާތްތައް ސިފައިން ގެންދިޔަ ނަމަވެސް، ކުއްލިއަކަށް މިތަކެތި ގެންދިޔައީ ކީއްވެކަން އަދި ސާފެއް ނުވެއެވެ. މި ތަކެތި ގެންދިޔަ ނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ސިފައިން ދަނީ މަޖިލޮިސްކުރާ ގޭގައި ހަރަކާތްތެރި ވަމުންނެވެ.

ނިމިގެންދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލިސްކުރާ ގޭގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވާއިރު، ރަޔަޓު ގިޔަރާ އެކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާން ފަށާފައި ވަނީ މި އަހަރުއެވެ. އަދި ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރީއްސުރެ، ސިފައިން ވަނީ ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށް، ރައްޔިތުން އެ މަޖިލީހަށް އިންތިޚާބު ކޮށްފައި ތިބި ފަރާތްތައް ވެސް އެ މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައެވެ. އަދި މީޑިއާ އަށް ވެސް ނުވައްދައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް