ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތުމަތު ނާސިރާ ހައްޔަރުކޮށް، ދޫނިދޫގައި އެކަމަނާ ގެންގުޅެމުންދާ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފިއެވެ.
އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކަނބަލުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ހޯޕް ފޯ ވުމަން އިން ބުނީ، ފުލުހުން ހައްޔަރުކޮށްފައިވާ، އައްޑޫސިޓީ ހުޅުދޫ، ކާމިނީގޭ، ފާތުމަތު ނާސިރާ ހައްޔަރުގައި ބަހައްޓާފައި ހުންނަ ގޮޅިއަށް ރޭގަނޑު ފިރިހެނުން ވަދެ، ފަތިސްވަންދެން ތިބޭ ކަމުގެ މަޢުލޫމާތު ލިބުމުން، އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ.
Fuluhun hayyaru koffaivaa S. Hulhudhoo/Kaamineege Fathimath Nasira, bahattaafai hunna golheege thereya reygandu firihenun vadhe fathis vandhen thibey kamuge mauloomaathu libumun, 1/2
— Hope for Women (@HopeforWomenmv) February 27, 2018
e ee Qanoonu Asaasee aai Anti-Torture Act (2013) aaves khilaafu kamakah vaathee, Hope for Women in e massala Human Rights Commission of the Maldives ah hushahalhaifin. 2/2
— Hope for Women (@HopeforWomenmv) February 27, 2018
ހޯޕް ފޯ ވުމަން އިން ބުނީ، އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅީ، ހިނގަމުންދާ އެ ކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންޓި ޓޯޗަރ އެކްޓާ ޚިލާފު ކަމަކަށް ވާތީ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހޯޕް ފޯ ވުމަން އިން އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހޯޕް ފޯ ވުމަން އިން އެޗްއާރްސީއެމަށް މިފަދަ މައްސަލައެއް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް ބުނެފައެވެ. ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުންގެ ބަންދުގައިވާ އެއްވެސް ފަރާތެއްގެ ހައްޤަކަށް އުނިކަން ލިބޭނެ ނުވަތަ އިންސާނީ ކަރާމަތަށް އިޙުތިރާމް ގެއްލޭފަދަ އެއްވެސް އަމަލެއް ފުލުހުން ހިންގާފައި ނުވާނެކަން ފުލުހުން ޔަޤީންކޮށްދޭ ކަމަށެވެ.
Fuluhunge bandhugaiva evves faraathehge hahgakah unikanlibayne nuvatha insaany karaamathah ihthiraam gelleyfadha evves amaleh fuluhun hingaafai nuvaanekan yageenkohdhen.
— Maldives Police (@PoliceMv) February 27, 2018
މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ހަމައެރޭ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ފަހު، އެމަނިކުފާނުގެ އަނބިކަނބަލުން ހައްޔަރުކޮށްފައި ވަނީ، ފެބްރުއަރީ ހަތްވަނަ ދުވަހުގެރެއެވެ.